ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލަންކާގެ ރައީސް ރާއްޖެ ވަޑައިގަންނަވަނީ

370661 e6b5c275 e

ސްރީލަންކާގެ ރައިސް އަނޫރާ ކުމާރަ ޑިސަނަޔަކަ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރަން ނިންމަވައިފިއެވެ.

ލަންކާގެ ނޫސްތަކުން ބުނީ ޑިސަނަޔަކަ ރާއްޖެ ވަޑައިގަންނަވާނީ އަންނަ މަހުގެ ފަހުކޮޅުއެވެ.

މިއީ ވެރިކަމާ ހަވާލުވި ފަހުން ލަންކާގެ ރައީސް ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ލަންކާގެ ރައީސްގެ މި ދަތުރުފުޅުގައި ވިޔަފާރި އާއި އިޖްތިމާއީ ގުޅުންތަކާއި ދެގައުމުގެ ދޭދޭ ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރަން ވަނީ ހަމަޖެހިފައެވެ.

ލަންކާގެ ރައީސް އަންނަ މަހު ރާއްޖެ ވަޑައިގަންވާއިރު، ރާއްޖޭގެ މިނިވަން ދުވަހާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގައިވެސް އިންޑިއާގެ ބޮޑުވަޒީރު މޯދީ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ރާއްޖެ އާއި ލަންކާ އާ ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފައި ވަނީ 1965 އަހަރުގެ ޖުލައި މަހުގެ 29 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކަސްޓަމްސްގެ މުވައްޒަފުންގެ ފަރާތުން ލަންކާއަށް 135،700 ރުފިޔާ ހަދިޔާކޮށްފި

ލަންކާގައި އުޅޭ ދިވެހިން އަސާސީ ސާމާނު ހަދިޔާކޮށްފި

ރާއްޖެއިން ހަދިޔާކުރި 25،000 މަސްދަޅު ކޭސް ލަންކާއާ ރަސްމީކޮށް ޙަވާލުކޮށްފި

ދިވެހިންގެ އެހީތެރިކަމަށް ލަންކާގެ ރައީސް ޝުކުރު އަދާކުރައްވައިފި