ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޮޑެތި ބަލި ހުންނަ ފަގީރުންނަށް ހާއްސަ އިންޝުއަރެންސެއް ތައާރަފުކުރަނީ

dr. Shaheem

ޒަކާތު ފަންޑުގެ ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތައް ތަހައްމުލުކުރަމުންދާ ފަރާތްތަކުގެ ބޭސް ފަރުވާއަށް، މިއަދުން ފެށިގެން އިންޝުއަރެންސް ތައާރަފު ކުރަން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް މުހައްމަދު ސައީދު މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެ ހިދުމަތް ތައާރަފު ކުރަނީ އާސަންދަ ކަވަރު ނުކުރާ ކަންކަމަށް އަމިއްލަ އަށް ހޭދަކުރުމަށާއި ބައެއް ފަހަރު ފުރާނަ ސަލާމަތްކުރުމަށްޓަކައި ރާއްޖެއިން ބޭރުން ކުރަންޖެހޭ ފަރުވާ އާއި ގެންނަން ޖެހޭ ބޭސް ގެނައުމަށް މަގު ފަހިކުރުމަށް ކަމަށެވެ.

ޝަހީމް ވިދާޅުވި ގޮތުގައި އެކަން ކުރިއަށް ގެންދާނީ އެލައިޑް އިންޝުއަރެންސް އާ ގުޅިގެންނެވެ.

ޒަކާތު ފަންޑުން ފަގީރުންނަށް ބޮޑު ހަރަދެއް ކުރާ ކަމަށާއި އޭގެތެރޭގައި ދިރިއުޅުމުގެ ޒަރޫރީ ކަންކަމަށް އެހީވުމަށާއި ކޮންމެ އަހަރަކު ފަގީރުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށް ނަގުދު ފައިސާގެ އެހީ ފޯރުކޮށްދިނުމާއި ފަގީރުންގެ ބޭސް ފަރުވާއަށް ހޭދަކުރުމާއި އެހެން ގިނަ ކަންކަމަށް އެހީތެރިވާ ކަމަށް ވިދާޅުވިއެވެ.

މިދިޔަ އަހަރަކީ މުދަލުޒަކާތަށް އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުނު އަހަރުކަންވެސް ފާހަގަކުރެއްވިއެވެ. އެގޮތުން މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ޖުމުލަ 101.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ޒަކާތު ފަންޑުގެ ފަގީރުންގެ ދަފްތަރުގައި މިހާތަނަށް ރަޖިސްޓަރީ ވެފައިވާ 2852 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mudalu zakaai

ފިޠުރު ޒަކާތުގެ ގޮތުގައި މިއަހަރު 15.9 މިލިޔަން ރުފިޔާ، މިއީ ބޮލަކަށް 6,000 ރުފިޔާ

mudalu zakaai

ފަޤީރުންނާއި މިސްކީނުންނަށް 6,000 ރުފިޔާގެ މަގުން ފިތުރު ޒަކާތް ބަހައިފި

ގޮވާމުން ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

mudalu zakaai

ފިޠުރު ޒަކާތުގެ ގޮތުގައި 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ