ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް އަވަސް ކުރުމަށް އެސް.ޖޭ ކޮންސްޓްރަކްޝަނާއި މަޝްވަރާ ކުރައްވައިފި

އެސް.ޖޭ ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެން ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކުރަމުންދާ މިސްކިތުގެ މަސައްކަތް އަވަސް ކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެ ކުންފުނީގެ އިސްވެރިންނާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ އަންގާރަ ދުވަހު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގައެވެ. މި ބައްދަލުކުރެއްވުމުގައި މި މިސްކިތުގެ މަސައްކަތް އަވަހަށް ނިންމުމަށް ކުރަން ޖެހޭ ކަންކަމާއި ގުޅޭ ގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ އެއް ކުރައްވާފައެވެ. އަދި ވީ އެންމެ އަވަހަށް މި މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމާ ހަވާލުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ބާރު ދުވެލީގައި ކުރާނެކަމުގެ ޔަޤީންކަން އެ ކުންފުނިން ވަނީ މި ބައްދަލުކުރެއްވުމުގައި ދީފައެވެ.

އެސް.ޖޭ ކޮންސްޓްރަކްޝަނުން މިހާރު އަމާޒު ހިފާފައިވަނީ މިއަހަރުގެ ނިޔަލަށް މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމާ ހަވާލުކުރުމަށްކަމަށް އެ ކުންފުނިން ވަނީ މި ބައްދަލުކުރެއްވުމުގައި މަޢުލޫމާތު ދެއްވާފައެވެ.

ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކުރަމުންދާ މި މިސްކިތުގައި އެއްފަހަރާ 1400 މީހުންނަށް ނަމާދު ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

ކުޑަކުދިންނަށް ޖިންސީ ގޯނާކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފި

WhatsApp Image 2026 03 26 at 13.32.37

ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

Mussss

ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތަކުގެ މެއިންޓަނަންސްގެ މަސައްކަތްތައް ފަށައިފި

Iu

ރާއްޖޭގެ 25 ލަގްޒަރީ ރިސޯޓަކުން ބައިވެރިވާ ފަތުރުވެރިކަމުގެ ބޮޑު ހަރަކާތެއް އިންޑިއާގައި ބާއްވަނީ