ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

މަންޑޭ ޝަރީއަތް ނިމެންދެން ބަންދަށް ގެންގޮސްފި

87c489f9 39e8 4082 afbe db3c2efd4fe3
ހަސަން މަމްދޫހު (މަންޑޭ)

ކޭ ޕާކް ރެސިޑެންސްގެ ފްލެޓުތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ކޯޓަށް ހާޒިރުނުވާތީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކުރުމާ ގުޅިގެން އޭނާ ބަންދުކޮށްފިއެވެ.

ފުލުހުން ބުނީ އިއްޔެ ކްރިމިނަލް ކޯޓުން ކުރި އަމުރާ ގުޅިގެން މަންޑޭ ކަރެކްޝަންސް ސާވިސަސްއާ ހަވާލުކޮށް، ހުޅުމާލޭ ޖަލުގައި މިހާރު އޭނާ ބަންދުގައި ހުރި ކަމަށެވެ.

ކޭ-ޕާކް ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި މައްސަލައިގައި ތުހުމަތުވާ އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރުކަންވެސް ކުރާ މަންޑޭގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ 100 އަށްވުރެ ގިނަ ދައުވާ ކުރުމަށް 23 ޑިސެމްބަރު 2023 ގައި ކްރިމިނަލް ކޯޓަށް ފޮނުވައިފައެވެ.

ކުރިމިނަލް ކޯޓުގައި އިއްޔެ ކުރިއަށްގެންދިޔަ އެ މައްސަލައިގެ ހެކިބަސް ނެގުމުގެ އަޑުއެހުމުގައި ގާޒީ އަލީ ނަދީމް ވިދާޅުވެފައިވަނީ އަޑުއެހުމަށް މަންޑޭ ހާޒިރުކޮށްފައިވަނީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކަމަށެވެ. ފުލުހުންގެ ބަންދުގައި ބަހައްޓައިގެން މަންޑޭ، އަޑުއެހުމަށް ހާޒިރުކުރަން ޖެހުނީ އެންމެފަހުން ބޭއްވި އަޑުއެހުމަށް ހާޒިރު ނުވުމުގެ ސަބަބުންކަމަށް ގާޒީ ވިދާޅުވެފައިވެއެވެ.

ގާޒީ ވިދާޅުވެފައިވަނީ މަންޑޭ ބަލިވެގެންކަމަށް ބުނެ ކޯޓަށް ހާޒިރުނުވި ދުވަހު، އަޑުއެހުން ކެންސަލްވިކަން އަންގަން ހެކިވެރިންނަށް ގުޅުމުން، މަންޑޭ ދަރިފުޅު ބަލައި ސްކޫލް ދޮށާާއި އަދި ކެފޭތަކާއި ރެސްޓޯރެންޓުތަކުން އެ ދުވަހު ފެނުނު ކަމަށް ހެކިވެރިން ކޯޓަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އެހެންކަމުން ގާޒީ އަމުރުކުރައްވާފަިއވަނީ މަންޑޭ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

criminal court

މާލޭގައި ކެނަބިސް ހައްދައި ޑްރަގް ޓްރެފިކްކުރި މީހަކު 100 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

މަންޑޭގެ ހުކުމް ހޮނިހިރު ދުވަހު

ކްރިމިނަލް ކޯޓުގެ ޤާޟީ ފާއިޒު ރަޝާދު މަޤާމުން ވަކިކުރެއްވުމުގެ މައްސަލަ ކޮމިޓީއަށް

TTH_advertisement