ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ޣައްޒާއާ ދެކޮޅަށް ހިންގާ އުދުވާނު ނުހުއްޓަނީސް، ހަމަލާތައް ހުއްޓާނުލާނޭ ކަމަށް ޔަމަނުން ބުނެފި

އީރާނަށް ހަމަލާދިނުން ހުއްޓާލިޔަސް، ޣައްޒާއާ ދެކޮޅަށް ޒަޔަނިސްޓު އިސްރާއީލުން ހިންގަމުންގެންދާ އުދުވާނުތައް ހުއްޓާލަންދެން ޔަމަނުން ކުރިއަށްގެންދާ އަސްކަރީ އޮޕަރޭޝަން ހުއްޓާނުލާނޭ ކަމަށް ބުނެފިއެވެ.
ޔަމަނުގެ އަންސާރުﷲގެ ސިޔާސީ ވިއުގައިގެ މެމްބަރެއް ކަމަށްވާ މުހައްމަދު އަލް ބުޚައިތީ ވިދާޅުވީ، ޣައްޒާއާ ދެކޮޅަށް ހިންގާ އުދުވާނު ހުއްޓާލައި، ޣައްޒާ ހިސާރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަންދެން ހޫޘީންގެ އޮޕަރޭޝަންތައް ހުއްޓާނުލާނޭ ކަމަށެވެ.

ޔަމަނުން އިސްރާއީލަށް މިސައިލާއި ރޮކެޓާއި، ޑްރޯން ބޭނުންކޮށްގެން ހަމަލާތައް ދޭންފެށީ، ޒަޔަނިސްޓު ސިފައިން އެއްގަމުމަގުން ޣައްޒާއަށް އަރައިގަތުމާ ގުޅިގެންނެވެ.
އޭގެފަހުން، ޔަމަނުގެ ހޫތީން ވަނީ، އިސްރާއީލަށް ކަނޑުމަގުވެސް ބަންދުކޮށްފައެވެ. މިއީ، މުދަލާއި ތެޔޮ ހިފައިގެން އިސްރާއީލަށް ދަތުރުކުރާ ބޯޓުފަހަރާއި، ޓޭންކަރުތައް ހުއްޓުވައި އިސްރާއީލަށް ދަތިކުރުމުގެ ގޮތުން އަޅަންފެށި ފިޔަވަޅުތަކެވެ. ހޫތީން ކަނޑުމަގުން ފެށި އޮޕަރޭޝަން ވަރަށް ކާމިޔާބެވެ.

ޔަމަނުގެ ހޫތީން އިސްރާއީލަށް އަލުން ހަމަލާތައް ދޭން ފަށައި އަދި ކަނޑުގެ އޮޕަރޭޝަންތައް އަލުން ފެށީ، ޣައްޒާއަށްދޭ ހަމަލާތައް ހުއްޓާލަން ހަމާސްއާއެކު ވެވުނު އެއްބަސްވުން އުވާލައި، އިސްރާއީލުން އަލުން ހަމަލާތައް ދޭން ފެށުމުންނެވެ.
އިސްރާއީލާއި އީރާނާ ދެމެދު 12 ދުވަސް ވަންދެން ބަދަލުކުރަމުންދިޔަ ހަމަލާތައް މިއަދު ހުއްޓާލާފައިވާކަން އިއުލާން ކޮށްފައި ވާއިރު، ހޫތީން ބުނަނީ ޣައްޒާގެ އުދުވާނު ހުއްޓާނުލަނީސް އެމީހުންގެ އޮޕަރޭޝަންތައް ހުއްޓާނުލާނޭ ކަމަށެވެ.
އިސްރާއީލުން މިހާރުވަނީ ޣައްޒާއާ ދެކޮޅަށް ހިންގާ އުދުވާނު އިތުރަށް ފުޅާކޮށްފައެވެ. ކޮންމެ ދުވަހަކު ޣައްޒާއިން އެތައްބަޔަކު ޝަހީދުކުރަމުން ގެންދެއެވެ. އަދި ވަރުގަދަ ވައިގެ ހަމަލާތައް ގެންދަނީ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާއިން މިއަދުވެސް 8 މީހުން ޝަހީދުކޮށްލައިފި، ރޭގަނޑު މީހުން ނިދަންތިއްބައި ދޭ ހަމަލާތައް އިތުރުކޮށްފި

ނަތަންޔާހޫ މިނަށްވުރެ އަނގަގަދައީ: އީރާނު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް

Ist2

ހުޅަނގު އައްސޭރީގެ އިސްތިއުމާރު އިތުރަށް ފުޅާކުރަން އިސްރާއީލުން ނިންމި ނިންމުން ދުނިޔެއިން ކުށްވެރިކުރަނީ

ކިތަންމެ ބިރެއް ދެއްކިޔަސް މިނިވަންކަމާ ގުޅޭ ކަމެއްގައި ދޫދިނުމެއްނެތް: އީރާނުގެ ޚާރިޖީ ވަޒީރު

TTH_advertisement