ކުއްލި ޚަބަރު

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދުކުރާނެ އެންމެ ފަހު ދުވަހަކީ ބުދަ ދުވަސް

ރޯދަ މަހު ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އާންމުކޮށްފި

ކައުންސިލް އިންތިޚާބަށް އޮފިޝަލުން ހޯދަން އަނެއްކާވެސް އިއުލާންކޮށްފި

އީރާނުގެ ބާރުފެނި، ބަލިވީކަން އެނގުނީމާވެސް ނަތަންޔާހޫ ކާމިޔާބީ އިއުލާންކޮށްފި

Img 20250624 wa0110

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަރަށް އަވަސްއަރުވާލައިގެން، ހަނގުރާމައިގައި އީރާނުގެ މައްޗަށް ކުރި ހޯދިފައިވާ ކަމަށް ބުނެ ހަނގުރާމައިގެ ކާމިޔާބީ އިއުލާން ކޮށްފިއެވެ.

ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށިތާ މާ ގިނައިރެއް ނުވަނީސް، ނަތަންޔާހޫގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގައި، އީރާނުގެ ފަރާތުން އިސްރާއީލަށް ކުރިމަތިވެފައި އޮތް މައިގަނޑު ދެ ނުރައްކަލެއް ނައްތާލެވުނު ކަމަށެވެ.

އެއީ، އީރާނުގެ ފަރާތުން އޮތް ނިއުކްލިއަރ ހަތިޔާރުގެ ނުރައްކަލާއި، ބެލިސްޓިކް މިސައިލް ޕްރޮގްރާމްގެ ނުރައްކާ ކަމަށެވެ.
އެކަމަކު، އިސްރާއީލާއި އެމެރިކާއިން ބޮންއަޅައި އަދި މިސައިލުން ހަމަލާދިން ނަމަވެސް، އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް މާބޮޑު ގެއްލުމެއް ދެވުނު ކަމެއް އެމެރިކާއަކަށްވެސް އަދި ޔަގީނެއް ނޫނެވެ. އީރާނުން ފައްކާކުރި ޔޫރޭނިއަމް ހުރިތަނެއް ނޭނގެއެވެ. ރޭޑިއޭޝަންގެ އެއްވެސް ނުރައްކަލެއް ކުރިމަތި ނުވެއެވެ.

ނުވިތާކަށް، އީރާނުން ބެލިސްޓިކް މިސައިލް އުދުއްސާލާ ސިސްޓަމްތައް ސުންނާފަތި ކޮށްލާފައިވާ ކަމަށް އިސްރާއީލުން ބުނި ނަމަވެސް، މިއަދު ހެނދުނާވެސް އީރާނުން މިވަނީ މުޅި އިސްރާއީލަށް ސިހުން ގެނުވި ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި ލިބުނު ގެއްލުންތައް އެހުރީ ފެންނާށެވެ.

ނަތަންޔާހޫ ނެރުނު ބަޔާނުގައި ބުނެފައިވަނީ، އީރާނުގެ މުޅި ވައިގެ ސަރަހައްދުގެ ކޮންޓްރޯލް އޮތީ އިސްރާއީލަށް ކަމަށާއި، އީރާނުގެ އަސްކަރީ ލީޑަރޝިޕަށް ބޮޑެތި ގެއްލުންތައް ދެވުނު ކަމަށެވެ.
އަދި މަރުކަޒީ ސަރުކާރަށް ނިސްބަތްވާ އެތައް ތަނެއް ގޮއްވާލެވުނު ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

އީރާނަށް ދެމުންގެންދިޔަ ހަމަލާތައް ހުއްޓާލަން އޭނާ އެއްބަސްވީ، އީރާނަށް ހަމަލާދީ އިސްރާއީލުގެ މަގްސަދު ހާސިލްވެފައި ވުމާއި، އެމެރިކާގެ ރައީސް ޓްރަމްޕާއެކު ދެކެވުނު ވާހަކަތަކުގެ އަލީގައި ކަމަށެވެ.
ނަތަންޔާހޫ ކާމިޔާބީ އިއުލާން ކުރިއިރު، އީރާނުން ދިން ހައިޕަރސޮނިކް ބެލިސްޓިކް މިސައިލް ހަމަލާތަކާއި، ޑްރޯން ހަމަލާތަކުގައި އިސްރާއީލުގެ ގިނަ ރަށްތައް ހުރީ މުޅިން ސުންނާފަތި ކޮށްލާފައެވެ.

އިސްރާއީލު ސަރުކާރުގެ މިނިސްޓްރީތަކާއި، އަސްކަރީ ބޭސްތަކާއި، އިސްރާއީލު އަސްކަރިއްޔާއާ ގުޅުންހުރި އެތައް ތަނަކަށް އީރާނުން މިސައިލް ހަމަލާދީ ހަލާކުކޮށްލާފައި ވެއެވެ.

އީރާނުގެ ހަމަލާތަކުގައި ލިބިފައިވާ ގެއްލުންތައް ދުނިޔެއަށް ފެނި ބޭޒާރުވެދާނެތީ އިސްރާއީލުން ވަނީ، ވީޑިއޯއާއި ފޮޓޯތައް އާންމުކުރުން މީޑިއާއަށާއި، އިސްރާއީލު މީހުންނަށް މަނާކޮށްފައެވެ.
ވީޑިއޯތައް އާންމުކުރި އެތައްބަޔަކު ޖަލަށް ލާފައި ވެއެވެ. އިސްރާއީލުގައި ހަރަކާތްތެރިވާ ބޭރުގެ މީޑިއާތައް ގެއްލުން ލިބިފައިވާ ސަރަހައްދުތަކަށް ދިޔަކަ ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކިތަންމެ ބިރެއް ދެއްކިޔަސް މިނިވަންކަމާ ގުޅޭ ކަމެއްގައި ދޫދިނުމެއްނެތް: އީރާނުގެ ޚާރިޖީ ވަޒީރު

އަވަސްއަރުވާލައިގެން އީރާނަށް ހަމަލާދޭކަށް ނޫޅެން: އެމެރިކާގެ ރައީސް ޓްރަމްޕް

ޓްރަމްޕް އީރާނަށް ދޫނުދިން، އީރާނުންވެސް ދޫނުދޭ، މާދަމާއަށްފަހު އީރާނަށް ހަމަލާދޭން ފަށާފާނެ

ޣައްޒާގެ އެކި ހިސާބުތަކަށް ވަރުގަދަ ހަމަލާތަކެއްދީ މިއަދުގެ މިހާތަނަށް 20 މީހުން ޝަހީދުކޮށްލައިފި

TTH_advertisement