ކުއްލި ޚަބަރު

ރިޔާސީ ކޮމިޝަނުގެ ރިޕޯޓާ ގުޅިގެން ފިޔަވަޅު އަޅަން ރައީސް އަންގަވައިފި

ވިނަރެސް ފްލެޓްގެ ޓަވަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އެމެރިކާއަށް ރައްދު ދިނުމާމެދު އީރާނުން އަދި ގޮތެއް ނުނިންމާ، ފަހުބަސް އިއްވާނީ ސުޕްރީމް ކައުންސިލުން

ރައްޔިތަކު ފުލުހެއްގެ ކިބައިން އެހީއަކަށް އެދޭހިނދު ދިއްކޮށްލެވެނީ އިޚްލާސްތެރި އަތަކަށް ވާނެޖެހޭނެ: ސީޕީ ނަވީން

Nav

ރައްޔިތަކު ފުލުހުންގެ ކިބައިން އެހީތެރިކަމަށް އެދޭ ހިނދު ފުލުހުންގެ ފަރާތުން ދިއްކޮށްލެވޭ އަތަކީ އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ދިއްކޮށްލެވޭ އަތަކަށް ވާންޖެހޭނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ. މި ވާހަކަ އެމަނިކުފާނު ވިދާޅުވީ އިންސްޕެކްޓަރ ކޯސް 4 ފުރިހަމަކުރި ބައިވެރިންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ކޮމިޝަނަރ ނަވީން ވަނީ އިންސްޕެކްޓަރ ކޯހަކީ ފުލުހުންގެ ކެރިއަރގައި ކޮމިޝަންޑް އޮފިސަރަކަށް ވުމަށް އެޅޭ މުހިންމު ބިންގަލެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި މި ކޯހުން އެއްވަނަ ހާސިލުކުރެއްވި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ނިޒާމް މުޙައްމަދަށް ޚާއްޞަ މަރުޙަބާއެއް ވެސް ވިދާޅުވިއެވެ.

“މި ޚިދުމަތުން އުންމީދުކުރަނީ މި ކޯސް ފުރިހަމަ ކުރުމުން ޒަމާނީ ފުލުހުންގެ ޚިދުމަތަކަށް ލޯހުޅުވި، ޚިދުމަތްކުރުމަށް ޒިންމާދާރުކަމާއެކު ކުރަންޖެހޭ ކަންކަން ހައްލުކުރެވޭނެ ޤާބިލުކަން ލިބިގެންދިޔަ ކަމަށް،” ކޮމިޝަނަރ ނަވީން ވިދާޅުވިއެވެ.

ކޮމިޝަނަރ ނަވީން ވަނީ ދިވެހި މުޖުތަމަޢުގެ ހުޅުވިފައިވާ ސިފައަށް ރިޢާޔަތްކުރައްވައި، ކޮންމެ ފުލުހަކުވެސް އަމިއްލަ ފަރުދީ ފެންވަރުގައި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް މަސައްކަތްކޮށް، ފެންވަރު ރަނގަޅުކޮށް، ޑިސިޕްލިން ފުލުހަކަށް ވުމަށް މަސައްކަތްކުރުމަށް އިރުޝާދު ދެއްވާފައެވެ.

ރަސްމިއްޔާތު ނިންމަވާލެއްވީ ކޯސް ފުރިހަމަކުރެއްވި އެންމެހައި ބައިވެރިންނަށް މަރުޙަބާ ދަންނަވައި، ދިވެހި ފުލުހުންގެ ޚިދުމަތަށް ފަލާޙާއި ކާމިޔާބު އަބަދުވެސް މިންވަރުކުރެއްވުން އެދި ދުޢާ ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

400757 ef6dbbf6 b

ރިޔާސީ ކޮމިޝަނުގެ ރިޕޯޓާ ގުޅިގެން ފިޔަވަޅު އަޅަން ރައީސް އަންގަވައިފި

3

މެދުއިރުމަތީގައި ހަމަޖެހުން ގާއިމުކުރަން ރާއްޖޭގެ އެހީ އީރާނަށް ލިބޭނެ: ރައީސް

3

ހާއްސަ ދާއިރާތަކުން ސިއްޙީ ހިދުމަތްތެރިން ތަމްރީން ކުރުމަށް މަޝްވަރާކޮށްފި

3

ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުގައި އުޅުނު ބޭރުގެ 2 މަސްބޯޓެއް ސިފައިންގެ ބެލުމުގެ ދަށަށް ގެނެސްފި

TTH_advertisement ELL Mobile Advertisement