ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ޓްރަމްޕަށް އިސްރާއީލު ރައްކާތެރި ނުކުރެވުނު، އީރާނުން ބުނަނީ މިރެއަކީ އިސްރާއީލަށް ސިހުންގެނުވާނެ ރެއެއް ކަމަށް

Img 20250622 wa0238

ބޮންއަޅާ މަތިންދާ ބޯޓުތައް ފޮނުވައި، އީރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށް ބޮންއެޅުމަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ބޮޑެތި ގެއްލުންތައް ދެވިއްޖެ ކަމަށާއި، އީރާނަށް މިހާރު “ރައްކާތެރިކަން” ލިބިއްޖެ ކަމަށެވެ.
ޓްރަމްޕް އެހެން ވިދާޅުވިތާ މާ ގިނައިރެއް ނުވަނީސް، އީރާނުންވަނީ އިސްރާއީލުގެ ތެލް އަވީވަށާއި، ހައިފާއަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައެވެ.

އެގޮތުން، އެދެ ރަށަށް އީރާނުން 40 މިސައިލް ހަމަލާ ދީފައި ވެއެވެ. އިސްރާއީލުން ބުނަނީ 27 މިސައިލް ކަމަށެވެ.
އިސްރާއީލަށް ހަމަލާ ދިނުމަށް އީރާނުން މިއަދުވަނީ ފުރަތަމަ ފަހަރަށް ތިންވަނަ ޖެނެރޭޝަންގެ މަލްޓި ވޯރހެޑް ޚައިބަރ ޝޭކަން ބެލިސްޓިކް މިސައިލް ބޭނުންކޮށްފައެވެ.

ނޫސްވެރިންނާއި، އިސްރާއީލުގެ އާންމުން އޮބިއަޅައި، އީރާނުންދޭ މިސައިލް ހަމަލާތަކުގައި ލިބޭ ގެއްލުންތައް އިސްރާއީލުން ސިއްރުކުރަމުންދިޔަ ނަމަވެސް، ހަމަލާތަކުގައި އިސްރާއީލަށް ބޮޑެތި ގެއްލުންތައް ލިބި، އެ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް އާންމުވެފައި ވެއެވެ.

ޚާއްސަކޮށް އިސްރާއީލުގެ އައްސޭރިފަށުގެ ހައިފާ ސިޓީގެ އެތައް ރަށެއް ސުންނާފަތިވިއެވެ. އެތައް އިމާރާތެއް ބިމާހަވިއެވެ.
ހައިފާގެ އިތުރުން، ތެލް އަވީވަށްވެސް ބޮޑެތި ގެއްލުންތައް ލިބުނެވެ. ތެލް އަވީވްގައި ހުންނަ އިންސްޓިޓިއުޓް އޮފް ބަޔޮލޮޖިކަލް ރިސާޗް އިމާރާތް އީރާނުން މިސައިލް ހަމަލާދީ އެއްކޮށް ގޮއްވާލިއެވެ. މިއީ، އިސްރާއީލުގެ ޑިފެންސް މިނިސްޓްރީގެ ވަރަށް ނާޒުކު އިމާރާތެކެވެ.

ބައެއް ރިޕޯޓްތައް ބުނެފައިވަނީ، އީރާނުން މިއަދު ދިން މިސައިލް ހަމަލާތަކުގައި އިސްރާއީލުން 24 މީހުން މަރުވި ކަމަށެވެ. ބައެއް ރިޕޯޓްތައް ބުނަނީ، 84 މީހުން ޒަޚަމްވި ކަމަށެވެ.
އީރާން ރިވޮލިއުޝަން ގާޑް ކޯޕްސްއިން ބުނެފައިވަނީ، މިރެއަކީ އިސްރާއީލަށާއި، ދުނިޔެއަށްވެސް ސިހުން ގެނުވާނެ ރެއެއް ކަމަށާއި، އީރާނު ސިފައިން ތިބީ މިރެއަށް ވަރަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ.

ޒަޔަނިސްޓު ޓެރަރިސްޓު ދައުލަތް ސުންނާފަތި ކޮށްލާފައި ނޫނީ ހަމަލާތައް ހުއްޓާނުލާނެ ކަމަށާއި، ހަމަހަށް ދެމިގެންދިޔަ ނަމަވެސް ހަނގުރާމައަށް އީރާނު އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް، އައިއާރްޖީސީގެ ކޮމާންޑަރ އިން ޗީފް މިއަދު ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނަތަންޔާހޫ މިނަށްވުރެ އަނގަގަދައީ: އީރާނު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް

ކިތަންމެ ބިރެއް ދެއްކިޔަސް މިނިވަންކަމާ ގުޅޭ ކަމެއްގައި ދޫދިނުމެއްނެތް: އީރާނުގެ ޚާރިޖީ ވަޒީރު

އަވަސްއަރުވާލައިގެން އީރާނަށް ހަމަލާދޭކަށް ނޫޅެން: އެމެރިކާގެ ރައީސް ޓްރަމްޕް

ޓްރަމްޕް އީރާނަށް ދޫނުދިން، އީރާނުންވެސް ދޫނުދޭ، މާދަމާއަށްފަހު އީރާނަށް ހަމަލާދޭން ފަށާފާނެ

TTH_advertisement