ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމުގެ ހެއްކެއް ނެތް: ޕޫޓިން

putin
ރަޝިޔާގެ ރައީސް ވްލަދިމީރު ޕޫޓިން

ރަޝިޔާގެ ރައީސް ވްލަދިމީރު ޕޫޓިން ވިދާޅުވެފައިވާ ގޮތުގައި، އިސްރާއީލުން އީރާނަށް ހަމަލާދޭން ފަށާފައިވަނީ، އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ އެއްވެސް ހެއްކެއް ނެތްކަމަށް ރަޝިޔާއިން ތަކުރާރުކޮށް އަންގަމުން ދިޔަ ނަމަވެސްމެވެ.

ޕޫޓިން އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، ރަޝިޔާގެ އިތުރުން ބައިނަލްއަޤްވާމީ އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ) އަށްވެސް އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް މަސައްކަތްކުރަމުންދާކަމުގެ އެއްވެސް ހެއްކެއް ލިބިފައެއް ނުވެއެވެ. އަދި މިކަން އިސްރާއީލުގެ އިސްވެރިންނަށް ތަކުރާރުކޮށް އަންގަމުން ގެންދިޔަކަމަށް ޕޫޓިން ވިދާޅުވެފައިވެއެވެ.

އީރާނަށްވެސް ސުލްހަވެރި ބޭނުންތަކަށް ނިއުކްލިއަރ ހަކަތަ އުފެއްދުމުގެ ހައްޤު ލިބިގެންވާކަމަށް ޤަބޫލުކުރައްވާ ކަމަށާއި، މިކަމުގައި ރަޝިޔާއިން ފުރިހަމަ އެއްބާރުލުން ދޭން ތައްޔާރަށް ތިބިކަމަށްވެސް ޕޫޓިން ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، އީރާނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ލޭއޮހޮރުވުން ހުއްޓުވުމަށް ރަޝިޔާއިން ދެފަރާތަށްވެސް ހުށަހެޅުންތަކެއް ހުށަހަޅާފައިވާކަމަށް ޕޫޓިން ވިދާޅުވެފައިވެއެވެ. ނަމަވެސް، މި ހުށަހެޅުންތަކުގެ ތަފްސީލު ހާމަކުރައްވާފައެއް ނުވެއެވެ.

ޖޫން 13 ވަނަ ދުވަހު އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށުމާއެކު، އީރާނުންވެސް ބެލިސްޓިކް މިސައިލްތަކާއި އަސްކަރީ ޑްރޯންތައް ބޭނުންކޮށްގެން އިސްރާއީލަށް ޖަވާބުދާރީވަމުން ގެންދެއެވެ.

އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް 722 މީހުން ޝަހީދުވެފައިވާއިރު، 2,546 މީހުން ޒަޚަމްވެފައިވެއެވެ. އަނެއްކޮޅުން، އީރާނުގެ ހަމަލާތަކުގައި އިސްރާއީލުގެ 24 މީހުން މަރުވެ، ގިނަ އަދަދެއްގެ މީހުން ޒަޚަމްވެފައިވާކަމަށް ރިޕޯޓުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅަނގު އޭޝިޔާގައި ހުރި އެމެރިކާ އަދި އިސްރާއީލާ ގުޅުންހުރި ދެ ޔުނިވަރސިޓީއަކަށް ރައްދު ހަމަލާދޭން އީރާނުން ނިންމައިފި

ނިއުކްލިއަރ ފެސިލިޓީތަކަށް ދިން ހަމަލާތަކުގެ ބަދަލު އީރާނުން ހިފާނެގޮތެއް ނޭނގޭތީ ސަރަހައްދު ނުތަނަވަސްވެފައި

Mussss

އީރާނުގެ ސްކޫލަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ހުކުރު ދުވަހު މުހުލަތު ހަމަވާނެ، އީރާނުގެ އިންޖީނުގެތަކަށް ހަމަލާ ދިނުމާމެދު އަދި ގޮތެއް ނުނިންމަން: ޓްރަމްޕް