ކުއްލި ޚަބަރު

ޑްރަގް އެތެރެ ކުރި މައްސަލައެއްގައި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

އީރާނަށް ވާގިވެރިވާ ކުންފުނިތަކާއި ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އަޅައިފި

އީރާނުގެ ދިފާޢީ ދާއިރާއަށް ސެންސިޓިވް މެޝިނަރީ ފޯރުކޮށްދިނުމުގައި އެހީތެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ 8 ކުންފުންޏަކާއި، އެއް އުޅަނދަކާއި އަދި އެއް ފަރުދަކާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާ ކަމަށް އެމެރިކާ ސަރުކާރުން ރަސްމީކޮށް އިޢުލާނުކޮށްފިއެވެ.

އެމެރިކާގެ ޚަޒާނާގެ ވަޒީރު ސްކޮޓް ބެސެންޓް ވިދާޅުވެފައިވަނީ، އީރާނުގެ ބެލިސްޓިކް މިސައިލް، އަންމޭންޑް އޭރިއަލް ވެހިކަލް އަދި ހަތިޔާރު ޕްރޮގްރާމްތަކަށް ބޭނުންވާ ސެންސިޓިވް އަދި ޑުއަލް-ޔޫސް ޓެކްނޮލޮޖީ ހޯދުމަށް އީރާނުން ކުރާ މަސައްކަތްތަކަށް ހުރަސްއެޅުމަށް އެމެރިކާއިން ދެމިތިބޭނެ ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވެފައިވަނީ، ބައިނަލްއަޤްވާމީ ސަލާމަތާއި ސަރަޙައްދީ ސްޓެބިލިޓީއަށް ނުރައްކާވާފަދަ ޑެސްޓްރަކްޓިވް ވެޕަންސް އުފެއްދުމާއި ޕްރޮލިފަރޭޓްކުރުމުގެ އީރާނުގެ ޤާބިލުކަން ހަނިކުރުމަށް އެމެރިކާގެ ޓްރެޜަރީން މަސައްކަތްކުރަމުންދާނެ ކަމަށެވެ.

އެމެރިކާއިން ފިޔަވަޅު އަޅާފައިވާ ފަރާތްތަކުގެ ތެރޭގައި ހޮންކޮންގުގައި ރަޖިސްޓަރީކޮށްފައިވާ ދެ ޝިޕިންގ ކުންފުނި ކަމަށްވާ ޔުނިކޯ ޝިޕިންގ ލޯ ލިމިޓެޑާއި އެތީނާ ޝިޕިންގ ކޯ ލިމިޓެޑް ހިމެނެއެވެ.

މީގެއިތުރުން، ކައުންޓަރ-ޓެރަރިޒަމް ފިޔަވަޅުތަކެއްގެ ގޮތުގައި، ޔަމަނުގެ މިލިޝިއާ ގްރޫޕެއް ކަމަށްވާ ޙޫޘީންނާ ދެކޮޅަށްވެސް އެމެރިކާއިން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އީރާނާ އެއްސަފުގައި ހިމެނޭ މި ޖަމާޢަތާ ދެކޮޅަށް ފިޔަވަޅު އަޅާފައިވަނީ، ޣައިރު ޤާނޫނީ ތެލުގެ ވިޔަފާރިއާއި ޝިޕިންގ އޮޕަރޭޝަންތަކުގައި އެ ޖަމާޢަތުން ބައިވެރިވާތީ ކަމަށް އެމެރިކާއިން ބަޔާންކޮށްފައިވެއެވެ. މި ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ ހަތަރު ފަރުދުންނާއި، 12 ކުންފުންޏަކާއި އަދި ދެ އުޅަނދަކާ ދެކޮޅަށެވެ. މި ފަރާތްތައް މެދުވެރިކޮށް ޙޫޘީންނަށް އެހީތެރިވުމުގެ ގޮތުން ތެޔޮ އަދި އެހެނިހެން ޤާނޫނާ ޚިލާފު މުދާ އެތެރެކޮށްފައިވާ ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނަތަންޔާހޫ މިނަށްވުރެ އަނގަގަދައީ: އީރާނު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް

ކިތަންމެ ބިރެއް ދެއްކިޔަސް މިނިވަންކަމާ ގުޅޭ ކަމެއްގައި ދޫދިނުމެއްނެތް: އީރާނުގެ ޚާރިޖީ ވަޒީރު

އަވަސްއަރުވާލައިގެން އީރާނަށް ހަމަލާދޭކަށް ނޫޅެން: އެމެރިކާގެ ރައީސް ޓްރަމްޕް

ޓްރަމްޕް އީރާނަށް ދޫނުދިން، އީރާނުންވެސް ދޫނުދޭ، މާދަމާއަށްފަހު އީރާނަށް ހަމަލާދޭން ފަށާފާނެ

TTH_advertisement