ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްރާއީލުން ހަމަލާ ދޭހާހިނދަކު އެއްވެސް ބަޔަކާ އެއްވެސް ވާހަކަ ދެއްކުމެއްނެތް: އީރާން

އީރާނުގެ ފޮރިން މިނިސްޓަރ އައްބާސް އަރަޚީ

އިސްރާއީލުން އީރާނަށް ހަމަލާ ދޭހާހިނދަކު، އެއްވެސް ބަޔަކާ އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ ގައުމީ ޓީވީގައި ވާހަކަ ދައްކަވަމުން އީރާނުގެ ފޮރިން މިނިސްޓަރ އައްބާސް އަރަޚީ ވިދާޅުވީ، އިސްރާއީލުން އީރާނަށް ހަމަލާ ދޭހާހިނދަކު، ހަމަލާތައް ހުއްޓާލުމާ ގުޅޭގޮތުން އެއްވެސް ބަޔަކާ ވާހަކަ ދައްކަން އީރާނު ތައްޔާރު ނޫން ކަމަށެވެ.

އައްބާސް އަރަޚީ މިވަގުތު ހުންނެވީ، ޔޫރަޕިއަން ޔޫނިއަންގެ ބައެއް ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާ ބައްދަލު ކުރެއްވުމަށް ޖެނީވާއަށް ވަޑައިގެންނެވެ.

އީރާނުގެ ފޮރިން މިނިސްޓަރ ޖެނީވާގައި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވަނީ ފްރާންސް، ޖަރުމަނު އަދި ޔޫކޭގެ ފޮރިން މިނިސްޓަރުންނާއެވެ.

އީރާނާއި އިސްރާއީލާ ދެމެދު ބަދަލު ކުރަމުންދާ ހަމަލާތައް ހުއްޓުވަން ޑިޕްލޮމަސީގެ މަގެއް ފެނޭތޯ އެގައުމުތަކުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

މިއީ، އިސްރާއީލުން އިސްވެ އީރާނަށް ހަމަލާ ދިނުމާ ގުޅިގެން އީރާނުން ފެށި ރައްދު ހަމަލާތަކުގެ ފަހުން ދެފަރާތް ހުއްޓުވަން ސިޔާސީގޮތުން މަސައްކަތް ކުރެވޭ ފުރަތަމަ ފަހަރެވެ.

ޖެނީވާއަށް ވަޑައިގެންނެވި ނަމަވެސް، އީރާނުގެ ފޮރިން މިނިސްޓަރު ވިދާޅުވީ، ހަމަލާތައް ހުއްޓާލުމުގެ ވާހަކަ ދައްކާނީ އިސްރާއީލު ހުއްޓުވުމުން ކަމަށެވެ. އަދި އެހެން ގައުމުތައް، މިކަމާ ދުރުގައި ތިބުމަށް ގޮވާލައްވާފައި ވެއެވެ.

ޔޫކޭ ފޮރިން މިނިސްޓަރ ޑޭވިޑް ލެމީ ވިދާޅުވެފައިވަނީ، މައްސަލަ ސިޔާސީގޮތުން ހައްލުކުރުމަށް ފުރުސަތު އޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށުމުން އަމިއްލަ ދިފާއުގައި އީރާނުން އިސްރާއީލަށް ހަމަލާ ދޭން ފެށުމުން، ހަމަލާތައް ހުއްޓާލައި އަމާންދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދިނީ އީރާނަށެވެ.

ޓްރަމްޕްގެ އިންޒާރުގައި ބުނެފައިވަނީ، އީރާނުން ޝަރުތެއްނެތި އަމާން ނުދީފިނަމަ އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް އެމެރިކާއިން ހަމަލާދޭނޭ ކަމަށެވެ.

ޓްރަމްޕްގެ އިންޒާރުތަކަށް އީރާނުން ދިން ރައްދަކީ، އެފަދަ އިންޒާރުތަކަށް އީރާނު ބިރު ނުގަންނަ ކަމަށާއި، އަމާންވެސް ނުދޭނޭ ކަމަށެވެ.

އަދި އެމެރިކާއިން އީރާނަށް ހަމަލާ ދީފިނަމަ ނަތީޖާ ވަރަށް ގޯސްވާނޭ ކަމުގެ އިންޒާރު ދިނުމުން ޓްރަމްޕް މިހާރު ހުރީ ފަހަތަށްޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނިއުކްލިއަރ ފެސިލިޓީތަކަށް ދިން ހަމަލާތަކުގެ ބަދަލު އީރާނުން ހިފާނެގޮތެއް ނޭނގޭތީ ސަރަހައްދު ނުތަނަވަސްވެފައި

Mussss

އީރާނުގެ ސްކޫލަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ހުކުރު ދުވަހު މުހުލަތު ހަމަވާނެ، އީރާނުގެ އިންޖީނުގެތަކަށް ހަމަލާ ދިނުމާމެދު އަދި ގޮތެއް ނުނިންމަން: ޓްރަމްޕް

އެމެރިކާއިން ގަލްފްގައި އަސްކަރީ ބޭސްތައް ގާއިމްކުރީވެސް އިސްރާއީލު ރައްކާތެރިކުރުމަށް: އީރާނުގެ ޚާރިޖީ ވަޒީރު