ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މޫދު ފެސްޓް ހޮނިހިރު ދުވަހު ހުޅުމާލެ ބީޗުގައި

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށްޓަކައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން “މޫދު ފެސްޓް”ގެ ނަމުގައި ޚާއްސަ ފެސްޓިވަލެއް ބާއްވަން ނިންމައިފިއެވެ.

މިހަރަކާތްތައް ކުރިއަށް ދާނީ މިމަހުގެ 21 ވަނަ ދުވަހު ހުޅުމާލޭ ފޭސް 1ގެ (ދިރާގު) ގޮނޑުދޮށުގައެވެ. މިހަރަކާތްތައް މެންދުރު 1 އިން ފެށިގެން ހަވީރު 5 އާއި ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

މޫދު ފެސްޓް”ގައި ކަނޑާ ގުޅޭ އެކިއެކި ހަރަކާތްތައް ބޭއްވުމަށް ގިނަ ސްޓޯލްތަކެއް ހުންނާނެ ކަމަށް ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މިފެސްޓިވަލްގައި އެވުޒާރާއާއި ސަރުކާރުގެ އިދާރާތަކާއި ވިޔަފާރިތަކާއި ތިމާވެށި ދާއިރާގެ އެންޖީއޯތަކާއި ކާބޯތަކެތި ވިއްކާ ފަރާތްތައް ބައިވެރިވާނެއެވެ. މި ހަރަކާތްތަކުގައި ކަނޑުތައް ހިމާޔަތްކުރުމުގެ މުހިންމުކަމާއި ދެމެހެއްޓެނިވި ގޮތެއްގައި ކަނޑު ބޭނުންކުރުމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ކުޑަކުދިންނަށް ޚާއްސަކޮށް އެކިއެކި ކުޅިވަރުތައް ބޭއްވުމަށް ވެސް ވަނީ ރާވާފައެވެ.

“މޫދު ފެސްޓް” ފެށޭނީ ޑައިވް ސެންޓަރުތަކާއި ގުޅިގެން ކުރިއަށްގެންދާ ޑިސްކަވާ ޑައިވް ހަރަކާތުން ކަމަށް ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މިހަރަކާތަކީ ކުޑަކުދިންނަށް ޑައިވްކުރުން ތަޖުރިބާ ކުރުމަށް ހިންގާ ހަރަކާތެކެވެ. މިހަރަކާތް ނިމުމުން ހުރިހާ ބައިވެރިންނަށާއި އެހީތެރިވި ފަރާތްތަކަށް ސެޓްފިކެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

“މޫދު ފެސްޓް”ގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އާއި ދައުލަތުގެ މުއައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ. އެ ވުޒާރާއިން ވަނީ މި ހަރަކާތުގައި ވީހާވެސް ގިނަ ކުޑަކުދިން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

990

ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލް ކުރުމުގެ 10 ފުރުސަތު ހުޅުވާލައިފި

ހުޅުމާލޭގައި ކަންނެލި ކޯލްޑް ޗެއިން ކޮމްޕްލެކްސްއެއް އެޅުމަށް ބީލަމަށް ހުޅުވާލައިފި

fishing

ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

miyaru

ކަށި މިޔަރު މަސްވެރިކަމުގެ ލައިސެންސް ލިބޭނީ ފުރަތަމަ ހުށަހަޅާ 40 ދޯންޏަށް