ކުއްލި ޚަބަރު

ތަހުޤީގު ކުރުމުގެ ވައްޓަފާޅިއަށް ބަދަލު ގެންނާނަން: ސީޕީ ނަވީން

ޤަވާއިދާ ޚިލާފަށް އުޅުނު 7549 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލައިފި

ދޮގު ބަޔާން ދިން މައްސަލައިގައި ދާއޫދު މަގާމުން ވަކިކޮށްފި

ޤަވާއިދާ ޚިލާފަށް އުޅުނު 7549 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލައިފި

ihusan

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން މިހާތަނަށް 7,549 ބިދޭސީން އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލެވިފައިވާކަމަށް، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ހާމަކުރައްވައިފިއެވެ.

ވަޒީރު އިޙްސާން މިކަން ހާމަކުރެއްވީ، ޕަބްލިކް ސަރވިސް މީޑިއާގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިޙްސާން ވިދާޅުވިގޮތުގައި، ޤާނޫނާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ ތެރެއިން ޖިނާއީ ކުށްތަކަށް އަރައިގަންނަ ފަރާތްތައް ހައްޔަރުކޮށް، ރާއްޖެއިން ބޭރުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މީގެ އިތުރުން، ޤާނޫނާ ޚިލާފު ވިޔަފާރިތަކުގައި ބައިވެރިވާ ފަރާތްތަކާއި، ވަޒީފާދޭ ފަރާތްތަކުން ފިލައިގެން އުޅޭ މީހުން ހޯދައި ރާއްޖެއިން ބޭރުކުރުމުގެ މަސައްކަތްތައްވެސް ވަނީ ކުރެވިފައެވެ.

“މިގޮތުން ޖިނާއީ ކުށަކަށް އަރައިގަންނަ ފަރާތެއް ނުވަތަ ވަޒީފާދޭ ފަރާތަކުން ފިލައިގެން އުޅޭ މީހެއްނަމަ، އެފަދަ ފަރާތްތައް އަޅުގަނޑުމެން ޑިޕޯޓްކުރަމުން ގެންދަނީ. އެހެނިހެން ޤާނޫނާ ޚިލާފަށް އުޅޭ މީހުން ހައްޔަރުކޮށް ރާއްޖެއިން ބޭރުކުރެވެނީ ޑިޕޯޓޭޝަނެއްގެ ގޮތުގައެއް ނޫން. ނަމަވެސް އެފަދަ މީހުން ރާއްޖެއިން ފުރުވާލެވެނީ. މިގޮތުން އަޅުގަނޑުމެންގެ ސަރުކާރު ހަވާލުވި ފަހުން މިހާތަނަށް 7,549 ބިދޭސީން ވަނީ ޤާނޫނާ ޚިލާފުވުމުގެ ސަބަބުން ރާއްޖެއިން ބޭރުކުރެވިފައި. މީގެ ތެރޭގައި ޖިނާއީ ކުށްތަކުގައި ބައިވެރިވި މީހުންވެސް ޑިޕޯޓްކުރެވިފައިވޭ,” ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.

ބިދޭސީން އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތާއެކު، އެ ވުޒާރާއިން ދަނީ “އޮޕަރޭޝަން ކުރަނގި” ގެ ނަމުގައި ބިދޭސީންގެ މަޢުލޫމާތު އެއްކުރަމުންނެވެ. މި އޮޕަރޭޝަނުގެ ދަށުން މިހާތަނަށް 151,694 މީހުންގެ ބަޔޯމެޓްރިކްސް ނެގިފައިވާކަމަށް ވަޒީރު އަލީ އިޙްސާން ހާމަކުރެއްވިއެވެ.

ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް، ދެވަނަ ފިޔަވަހީގެ މަސައްކަތް ޖުލައި 1 ވަނަ ދުވަހު ފެށޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަސައްކަތުގެ ތެރެއިން، ރަނގަޅަށް ވަޒީފާ އަދާކުރާ މީހުންނަށް ޤާނޫނީ އިމުގެ ތެރެއަށް ވަނުމަށް އިތުރު ފުރުސަތެއް ދިނުމަށް ހަމަޖެހިފައިވާކަމަށާއި، މިކަމަށް ޚާއްޞަ ޕްރޮގްރާމެއް ރޭވިފައިވާކަމަށް ްވާކަމަށް ވަޒީރު އިތުރަށް ހާމަކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި، އެ ވުޒާރާގެ އިޚްތިޞާޞްގައި ހިމެނޭ އެހެނިހެން މަސައްކަތްތަކުގެ ތަފްޞީލުވެސް ހިމެނިވަޑައިގަތެވެ. އެގޮތުން، ބިދޭސީން ގެނެސް ބަލަހައްޓާ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފީ ހޯދުމުގެ މަސައްކަތް ފެށި، އެކަމުގައި ކުރިއެރުންތަކެއް ލިބިފައިވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، އެހެން ޤައުމުތަކާ ގުޅިގެން ބިދޭސީން ރާއްޖެ ގެނައުމުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކޮށް ރެގިއުލޭޓްކުރެވޭނެ އިންތިޒާމުތައްވެސް ހަރުދަނާކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ބިދޭސީން ރާއްޖެ ގެނައުމަށްފަހު އެމީހުން ލައްވާ މަސައްކަތް ކުރުވާގޮތް ގާތުން މޮނިޓަރކުރެވޭނެ ކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ.

ބިދޭސީންގެ މައްސަލަތައް ޙައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާ ވުޒާރާގެ ވަޒީރު، އިޙްސާން ވިދާޅުވީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ކުރިން ރާއްޖޭގައި އޮތް ބިދޭސީންގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު، ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. މި މަސައްކަތުގެ ނކަތުގެ ނަތީޖާއެއްގެ ގޮތުން، ޤާނޫނާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ޙައްލުތަކެއް ލިބެމުންދާކަން ފާހަގަކުރެވެއެވެ.

ގުޅުންހުރި

މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާ އިފުތިތާޙުކޮށްފި

Mira

މީރާގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ނައިބު ރައީސްގެ އަރިހަށް ޗައިނާ ސަފީރު، އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

cp naveen

ތަހުޤީގު ކުރުމުގެ ވައްޓަފާޅިއަށް ބަދަލު ގެންނާނަން: ސީޕީ ނަވީން

ELL Mobile Advertisement TTH_advertisement