ކުއްލި ޚަބަރު

މުދާ ކްލިއާ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރަން ރައީސް ނިންމަވައިފި

ހަފްތާ ބަންދުވެސް މޫސުން ގޯސް: މެޓް

ރޭގަނޑު 12 ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީންނާ ސުވާލުކުރަން ރައީސް އަންގަވައިފި

ހޯޕް އައިލެންޑާއި ސެންޓްރަލް ޖަލު ހެދުމަށް ބޭރު ކުންފުނިތަކުގެ ޝައުގުވެރިކަން އެބަހުރި: އިޙްސާން

minister ihusan

ޖިނާއީ ކުށްތަކަށް އަރައިގަންނަ ކުޑަކުދިން އަލުން މުޖުތަމަޢުއަށް އަހުލުވެރިކުރުވާ މަރުކަޒު “ހޯޕް އައިލެންޑް” އާއި ދައުލަތުގެ މައި ޖަލު، ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް އިމާރާތްކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގެ ކުންފުނިތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި، މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލްފާޟިލް ޢަލީ އިޙްސާން މަޢުލޫމާތު ދެއްވައިފިއެވެ.

ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިޙްސާން ވިދާޅުވީ، މި ދެ މަޝްރޫޢުއަށް އެކުގައި ޝައުޤުވެރިކަން ފާޅުކުރުމަށް ހަތަރު ކުންފުންޏަކުން ކުރިމަތިލާފައިވާ ކަމަށާއި، މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެ، ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ފުރުޞަތު މިހާރު އެ ކުންފުނިތަކަށް ދެވިފައިވާ ކަމަށެވެ.

“މީގެ ތެރޭގައި ހިމެނެނީ އެމެރިކާ، ޗައިނާ، މެލޭޝިއާ އަދި ދިވެހިރާއްޖޭގެ ކުންފުނިތަކެކެވެ. މިއީ ވަރަށް ޤާބިލު ކުންފުނިތަކެއް ކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވެއެވެ. އެ ފަރާތްތަކުގެ ފައިނަލް ޕްރޮޕޯސަލްތައް ލިބުމުން، އިވެލުއޭޓްކޮށް، ހޮވޭ ފަރާތަކާ މަސައްކަތް ޙަވާލުކޮށްގެން، އަންނަ ޖުލައި މަހުގެ ތެރޭގައި ޢަމަލީ މަސައްކަތް ފެށުމަށް އަޅުގަނޑުމެން މަސައްކަތްކުރަމުން މި ގެންދަނީ،” މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިޙްސާން އިތުރަށް ވިދާޅުވީ، ހޯޕް އައިލެންޑްގެ އަމާޒަކީ ކުށުގެ މާޙައުލުގައި މިހާރު އުޅެމުންދާ ކުދިންނާއި، އަދި ނުރައްކަލަށް ހުށަހެޅިފައިވާ ކުދިން ގެންގޮސް، އެ ކުދިންނަށް ރަނގަޅު ތަޢުލީމު ދިނުމާއި، އެ ކުދިންގެ އަޚްލާޤު ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އެ ކުދިންނަކީ ޤައުމަށް ބޭނުންތެރި މުހިންމު ހުނަރުތަކެއް ލިބިފައިވާ ކުދިންނަށް ހެދުން ކަމަށެވެ. އަދި 2027 ވަނަ އަހަރު ނިމުމުގެ ކުރިން ރަށް ޤާއިމުކޮށް، ކުޑަކުދިންނަށް ލިބެންޖެހޭ ޚާއްޞަ ފަރުވާ ފެށުމަކީ މި މަޝްރޫޢުގެ އަމާޒު ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ihusan

މިހާތަނަށް 726 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވޭ: އިޙްސާން

ihusan

ޤަވާއިދާ ޚިލާފަށް އުޅުނު 7549 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލައިފި

ބިދޭސީންގެ މައްސަލަ ޙައްލުކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ޖުލައި 1ގައި ފަށަނީ

Ihsaan

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ފަހިކޮށް އޮތް މާހައުލު ނައްތާލާނަން: އިޙްސާން

TTH_advertisement