ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގުރައިދޫގައި ތަރައްޤީކުރާ އެއަރޕޯޓްގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ރައީސް މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް ތ. ގުރައިދޫގައި ތަރައްޤީކުރާ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ.

ގުރައިދޫގައި އެއަރޕޯޓް އެޅުމުގެ މަސައްކަތް ކުރަނީ އެމްޓީސީސީއިންނެވެ. އެއަރޕޯޓް އެޅުމުގެ އަމަލީ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ކުރަނީ ބިން ހިއްކުމުގެ މަސައްކަތެވެ. މަޝްރޫއުއާއެކު އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީން އިއްޔެ އާއްމުކުރި ބަޔާނުގައި ބުނީ، މަޝްރޫޢުގެ އަގަކީ ޖުމްލަ 106.02 މިލިއަން ރުފިޔާ ކަމަށެވެ.

މަޝްރޫޢުގެ ދަށުން

  • 13.80 ހެކްޓަރުގެ ބިން ހިިއްކާނެ.
  • 979 ސަރަޙައްދުގައި ހިލަ ރިވެޓްމަންޓް ޖަހާނެ.
  • 609 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖަހާނެ.

އެމްޓީސީސީން ބުނީ އާބާދީގައި 2272 މީހުން ދިރިއުޅޭ ގުރައިދޫގައި އަކީ އަތޮޅުގައި ވިޔަފާރީގެ މުހިއްމު މަރުކަޒެއް ކަމަށެވެ. އެރަށަކީ އާމްދަނީ ހޯދުމަށް ރައްޔިތުން ގިނަ މަސައްކަތްތަކެއް ކުރާ ރަށެކެވެ. އެގޮތުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ފަތުރުވެރިކަމުގެ ވަޒީފާތަކުގައި އެރަށުގެ ރައްޔިތުން ހަރަކާތްތެރިވެއެވެ.

ގުރައިދޫގައި އެއަރޕޯޓް އެޅުމުން ދަތުރުފަތުރުގެ ދާއިރާއަށް ބޮޑު ލުއިފަސޭހަކަމެއް ލިބި، އެރަށުގެ ގެސްޓްހައުސް ވިޔަފާރިއަށް ކުރިއެރުން ލިބިގެންދާނެކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. ގެސްޓްހައުސް ވިޔަފާރިއާއި ފަތުރުވެރިކަން އެސަރަޙައްދުގައި ތަރައްޤީވުމުން ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

ކުޑަކުދިންނަށް ޖިންސީ ގޯނާކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފި

WhatsApp Image 2026 03 26 at 13.32.37

ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

Mussss

ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތަކުގެ މެއިންޓަނަންސްގެ މަސައްކަތްތައް ފަށައިފި

Iu

ރާއްޖޭގެ 25 ލަގްޒަރީ ރިސޯޓަކުން ބައިވެރިވާ ފަތުރުވެރިކަމުގެ ބޮޑު ހަރަކާތެއް އިންޑިއާގައި ބާއްވަނީ