ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޭންކް އިންކަމް ޓެކްސް އާމްދަނީ %51 އިތުރުވެއްޖެ

bml

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކުރި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ބޭންކުތަކުގެ އާމްދަނީން ދައުލަތަށް ލިބުނު ޓެކުހުގެ އަދަދު ފާއިތުވި އަހަރު 51% އަށް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. ބޭންކުތަކުން ދައްތަކުން ދައްކަންޖެހޭ ޓެކުހުގެ މިންވަރަކީ އެ ފަރާތްތަކުގެ ޓެކްސް ބިނާކުރެވޭ އާމްދަނީގެ 25% އެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ނެގޭ އިންކަމް ޓެކުހުގައި ބޭންކުތަކަކީ ވަކި ޚާއްޞަ ފަރާތްތަކެއްގެ ގޮތުގައި ކަނޑައެޅިފައިވާ ބައެކެވެ. މީރާގެ އެންމެ ފަހުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން “ބޭންކް އިންކަމް ޓެކްސް” ގެ ގޮތުގައި ލިބުނު އާމްދަނީ 51.9% އަށް އިތުރުވެފައިވެއެވެ.

2024 ވަނަ އަހަރު ބޭންކް އިންކަމް ޓެކްސްގެ ގޮތުގައި މީރާއަށް ލިބިފައިވަނީ 1.4 ބިލިއަން ރުފިޔާއެވެ. މިއީ އަންދާޒާކުރެވުނު 993 މިލިއަން ރުފިޔާއާ އަޅާބަލާއިރު 48% އިތުރު އަދަދެކެވެ. އަދި 2023 ވަނަ އަހަރު ލިބުނު 967 މިލިއަން ރުފިޔާއާ އަޅާބަލާއިރު 51.9% ގެ ކުރިއެރުމެކެވެ.

ބޭންކް އިންކަމް ޓެކްސްގެ އާމްދަނީ އަންދާޒާކުރުމުގައި ބަލާ މައިގަނޑު ދެ ކަމަކީ ކުރީގެ އަހަރުތަކުގައި ބަލައިގަތް އާމްދަނީގެ އެވްރެޖާއި ފައިނޭންޝަލް ސެކްޓަރގެ ޖީޑީޕީ ކުރިއަރާނެ މިންވަރެވެ. ފާއިތުވި އަހަރުތަކާ އަޅާބަލާއިރު 2024 ވަނަ އަހަރު ފައިނޭންޝަލް ސެކްޓަރގެ ޖީޑީޕީ ވަނީ 8.88% އަށް އިތުރުވެފައެވެ

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 އަށް ތާވަލުކޮށްފި

BML shareef

އައްޑޫގެ ތަރައްގީއަށް ބޭނުންވާ މަލީ އެހީތެރިކަން ދޭން ބީއެމްއެލް ތައްޔާރު: ޝަރީފު

Shareef mbl

ބީއެމްއެލްގެ ނަތީޖާ ދޭހަވަނީ ރާއްޖޭގެ އިގުތިސާދު ރަނގަޅުކަން: ޝަރީފް

B 202510291210131761721813.7746

ބީއެމްއެލްގެ ސުވައިޕް އައްޑޫއަށް ތައާރަފުކޮށްފި