ކުއްލި ޚަބަރު

ކުއްލި އަރަބި ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ދޯހާއަށް ފުރާވަޑައިގެންފި

ގުޅިފަޅުން ދޫކުރާ ގޯތިތައް ހަވާލުކުރަން ފަށައިފި

ޕާކިސްތާނަށް ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އެމްޕީއެލްގެ މުވައްޒަފުންނަށް އަލިފާނުން ރައްކާތެރިވުމުގެ ޙާއްސަ ތަމްރީން ޕްރޮގްރާމް ހިންގައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިސްނަގައިގެން، ކުންފުނީގެ މުވައްޒަފުންނަށް އަމާޒުކޮށް ބޭއްވި އަލިފާނުން ރައްކާތެރިވުމުގެ އަސާސީ ތަމްރީން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ޕްރޮގްރާމަކީ ކުންފުނީގެ ހެލްތް އެންޑް ސޭފްޓީ ޑިޕާޓްމަންޓާއި ލާނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްގެ މެދުގައި އޮތް އެއްބާރުލުމުގެ ނަތީޖާއެކެވެ.

މި މަހުގެ 15 އިން 17 އަށް ކުރިއަށް ގެންދެވުނު މި ތަމްރީން ޕްރޮގްރާމްގައި އެމްޕީއެލްގެ އެކި ޑިޕާޓްމަންޓްތަކުން ޖުމްލަ 130 މުވައްޒަފުން ބައިވެރިވިއެވެ. ޕްރޮގްރާމް ހިންގުނީ ތިން ބެޗަކަށް ބަހާލައިގެންނެވެ.

އެމްޕީއެލްއިން ހާމަކުރި ގޮތުގައި، މި ތަމްރީން ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ މުވައްޒަފުންގެ މެދުގައި އަލިފާނުގެ ރައްކާތެރިކަމާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމާއި، ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ޤާބިލްކަން އުފެއްދުމެވެ. މި ޕްރޮގްރާމަކީ އެމްޕީއެލްއިން މުވައްޒަފުންގެ ރައްކާތެރިކަމަށް ދޭ އިސްކަމާއި، މަސައްކަތުގެ މާހައުލު އިތުރަށް ސަލާމަތްތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ އެއް ނަމޫނާއެވެ.

އެމްޕީއެލްއިން އިތުރަށް ފާހަގަކުރި ގޮތުގައި، މިފަދަ ތަމްރީން ޕްރޮގްރާމްތައް ގަވާއިދުން ކުރިއަށް ގެންދިއުމަކީ ކުންފުނީގެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިކަމުން ދޭހަވަނީ، މުވައްޒަފުންގެ ހުނަރު ތަރައްޤީކުރުމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުންފުނިން ދެމުންދާ އަހައްމިއްޔަތުކަމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

419773 df88d20f 9

ކުއްލި އަރަބި ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ދޯހާއަށް ފުރާވަޑައިގެންފި

Mal

ގުޅިފަޅުން ދޫކުރާ ގޯތިތައް ހަވާލުކުރަން ފަށައިފި

Mal

ޕާކިސްތާނަށް ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

Mal

ސްކޭމްގެ މައްސަލަތަކާ ގުޅިގެން މާފުށީ ޖަލު ފާސްކޮށް 33 ފޯނު ހޯދައިފި

TTH_advertisement