ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނަޝީދާއި އީވާ އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވަނީ

8qw3

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ނިންމަވައިފިއެވެ.

އެ ދެ ބޭފުޅުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ވަނީ ޑިމޮކްރެޓްސްގެ ނޭޝަނަލް އެސަމްބްލީން ގަރާރެއް ފާސްކޮށްފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމުގެ މަތީން އެ ގަރާރު ހުށަހެޅުއްވީ އެ ޕާޓީގެ ވިމެން ޑިމޮކްރެޓްސް ލީޑަރު، ފާތިމަތު ހަމްދާ މުހައްމަދު އެވެ.

“ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށާއި ރާއްޖޭގެ މުސްތަގުބަލު ރަނގަޅުކުރުމަށާއި ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ދެމިއޮތުމަށާއި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އަނބުރާ އިޔާދަކުރުމުގެ މަސައްކަތް ހިންގުމަށް އެންމެ ރަނގަޅުގޮތަކީ ވަރުގަދަ އޮޕޮޒިޝަނެއް އޮތުން ކަމަށް ވުމާއި އެކަމަށްޓަކައި ގިނަ ބަޔަކު އެކުގައި މަސައްކަތްކުރުން މުހިންމު ކަމަށް ގަބޫލު ކުރެވޭ ހިިނދު، މި މަގުސަދު ހާސިލު ކުރުމަށް، ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅުމަށް އިގުރާރުވަމެވެ،” ޑިމޮކްރެޓްސްއިން ފާސްކުރި ގަރާރުގައި ބުނެފައިވެއެވެ.

ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފެއްދެވީ ރިޔާސީ އިންތިޚާބުގެ ޓިކެޓު ނުލިބުނު ހިސާބުންނެވެ. އަދި މިހާރު ވެސް އެމަނިކުފާނު އަންނަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދަވަން މަސައްކަތް ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

98

މޮރިޝަސް އިން ރާއްޖެއާ ގުޅުން ކަނޑާލުމުން ނަޝީދު ކަންބޮޑުވުންފާޅުކުރައްވައިފި

Image 20

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުއެކީ ބާއްވަން ރައީސް ނަޝީދު ތާއީދު ކުރައްވައިފި

B 202512241220041766560804.6871

ރައީސް ނަޝީދު، ރައީސް އިބޫ އާއި ވެސް ބައްދަލުކުރައްވައިފި

ފަޔޔޔ

ރައީސް ނަޝީދާއި ފައްޔާޒް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި