ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްރާއީލާ ދިމާއަށް މިސައިލްތަކުގެ އައު ރާޅެއް އުދުއްސާލިކަން އީރާނުން އިއުލާން ކޮށްފި

އިސްރާއީލަށް ހަމަލާދިނުމަށް މިސައިލްތައް އުދުއްސާލިކަން އީރާނުން އިއުލާން ކޮށްފިއެވެ.

އީރާނުގެ އަސްކަރިއްޔާ، އިސްލާމިކް ރިވޮލިއުޝަން ގާޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިސައިލްތަކުގެ އައު ރާޅެއް، އިސްރާއީލާ ދިމާއަށް ފޮނުވާލާފައިވާ ކަމަށެވެ.

ނަމަވެސް، ފޮނުވާލީ ކިތައް މިސައިލްތަކެއް ބުނެފައެއް ނުވެއެވެ.

މިފަހަރު ފޮނުވާލި މިސައިލްތަކަކީ، ކުރިން ދިން ހަމަލާތަކުގައި ބޭނުންކުރި މިސައިލްތަކަށްވުރެ ބާރުގަދަ އަދި ދެވޭ ގެއްލުންވެސް ބޮޑު މިސައިލްތަކެއް ކަމަށް އައި.އާރް.ޖީ.ސީން ބުނެފައި ވެއެވެ.

އީރާނުން މިހާތަނަށް އިސްރާއީލަށް ގިނައިން ހަމަލާ ދީފައިވަނީ ރޭގަނޑުގެ ވަގުތަކުގައެވެ.

އެހެން ނަމަވެސް، މިއަދު ހެނދުނުންވެސް ފެށިގެން އީރާނުން ގެންދަނީ އިސްރާއީލަށް ހުއްޓާނުލާ ވައިގެ ހަމަލާތައް ދެމުންނެވެ. މިއަދުގެ މިހާތަނަށް އީރާނުން އިސްރާއީލަށް 20 ހަމަލާ ދީފައި ވެއެވެ.

އިސްރާއީލުގެ އެކި ހިސާބުތަކުން ގޮވުންތަކުގެ އަޑުތައް އިވެމުންދާ ކަމަށް، މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ރޭގެ ހަމަލާތަކާ ގުޅޭގޮތުން އައި.އާރް.ޖީ.ސީން ބުނެފައިވަނީ، އިސްރާއީލަށް ދެމުންގެންދާ ހަމަލާތަކުގައި އީރާނު އަސްކަރިއްޔާގެ ގާބިލްކަން ފެނިގެންދާ ކަމަށެވެ. އަދި އީރާނުންދޭ ހަމަލާތައް، އިސްރާއީލުގެ އަމާޒުތަކަށް ވާސިލްވެ، އޭގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދާ ކަމަށާއި، ސިފައިންގެ މިޝަން ކާމިޔާބުވަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅަނގު އޭޝިޔާގައި ހުރި އެމެރިކާ އަދި އިސްރާއީލާ ގުޅުންހުރި ދެ ޔުނިވަރސިޓީއަކަށް ރައްދު ހަމަލާދޭން އީރާނުން ނިންމައިފި

ނިއުކްލިއަރ ފެސިލިޓީތަކަށް ދިން ހަމަލާތަކުގެ ބަދަލު އީރާނުން ހިފާނެގޮތެއް ނޭނގޭތީ ސަރަހައްދު ނުތަނަވަސްވެފައި

Mussss

އީރާނުގެ ސްކޫލަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ހުކުރު ދުވަހު މުހުލަތު ހަމަވާނެ، އީރާނުގެ އިންޖީނުގެތަކަށް ހަމަލާ ދިނުމާމެދު އަދި ގޮތެއް ނުނިންމަން: ޓްރަމްޕް