ކުއްލި ޚަބަރު

ރިޔާސީ ކޮމިޝަންގެ ތަހުގީގު ރިޕޯޓް އާންމުކުރަން ރައީސް އަންގަވައިފި

ރިޔާސީ ކޮމިޝަނުގެ ރިޕޯޓް ރައީސްއަށް އަރުވައިފި

ގައުމު ހަލާކުނުވެ، ސަލާމަތްކުރެވުނީ ރައީސް މުއިއްޒު ފަދަ ހުލްގުހެޔޮ ބޭފުޅެއް ވެރިކަމެއް ގެނައުމުން: ސަލީމް

މަގޫދޫ އެއާޕޯޓްގެ މަސައްކަތް ހުއްޓާލަން ނިންމާފައެއް ނެތް: ރައީސް އޮފީސް

ފ. މަގޫދޫގެ އެއަރޕޯޓުގެ މަސައްކަތް ހުއްޓާލުމަށް ނިންމާފައިނުވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރަސްމީކޮށް އަންގައިފިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ޢާންމު ރައްޔިތަކު ހުށަހެޅި ސުވާލަކަށް ޖަވާބު ދެމުން، ރައީސް އޮފީހުން ސާފުކޮށްދީފައިވަނީ ފ. މަގޫދޫގައި ތަރައްޤީކުރަމުންދާ އެއަރޕޯޓުގެ މަސައްކަތް ހުއްޓާލުމަށް ކެބިނެޓުން ނިންމާފައިނުވާ ކަމަށެވެ.

މި މަޝްރޫޢުއަކީ ކުރީގެ ސަރުކާރުން ފ. ނިލަންދޫގައި ތަރައްޤީކުރަން ނިންމާފައިވާ އެއަރޕޯޓު، ފ. މަގޫދޫއަށް ބަދަލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެފައިވަނީ، މި ނިންމުމަކީ އެންމެ އެކަށީގެންވާ ނިންމުމެއް ނޫންކަމުގައި ވިޔަސް، މަޝްރޫޢު ކުރިއަށްގެންގޮސް ނިންމާނެ ކަމަށެވެ.

މިނިސްޓަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢުގައި ލަސްތަކެއް ހުރިކަން ފާހަގަކުރެވިފައިވެއެވެ. އެހެންނަމަވެސް، މިހާރު ޝޯ ޕްރޮޓެކްޝަންގެ މަސައްކަތްތައް ކުރިއަށްދާކަމަށާއި، ސަރުކާރުގެ އަމާޒަކީ މި މަޝްރޫޢު އަވަހަށް ނިންމައި ޚިދުމަތް ފޯރުކޮށްދިނުން ކަމުގައި ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން، 231 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓަކާއެކު، މަގޫދޫގެ ފަޅުން 30 ހެކްޓަރުގެ ބިން ހިއްކައި، 1800 މީޓަރުގެ ރަންވޭއެއް ހެދުމަށް ވަނީ ރޭވިފައެވެ.

ގުޅުންހުރި

ރިޔާސީ ކޮމިޝަންގެ ތަހުގީގު ރިޕޯޓް އާންމުކުރަން ރައީސް އަންގަވައިފި

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފޭދޫ މީހަކު ހޯދަނީ

މަސްތުވާތަކެއްޗާއެކު މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފި

dr.shaheem

ކައުންސިލަރުންނަށް ހިންގާ ޚަތީބުކަމުގެ ކޯހުގައި ބައިވެރިވާން ހުޅުވާލައިފި

ELL Mobile Advertisement TTH_advertisement