ކުއްލި ޚަބަރު

މާލޭގެ ދެ ގެއަކުން 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފި

ކާރު ރަޖިސްޓްރީކުރާއިރު ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭގޮތް ހަދަނީ

ކައުންސިލް އިންތިހާބުގެ އޮފިޝަލުން ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

ތެހެރާނުގެ އާންމުން މަރާނޭކަމަށް އިންޒާރު ދިނުމަށްފަހު، ވާހަކައިގެ ރާގު ބަދަލުކޮށްފި

އީރާނުގެ ވެރިރަށް ތެހެރާނުގެ އާންމު ރައްޔިތުންނަށް މަރުގެ އިންޒާރު ދިނުމަށްފަހު އިސްރާއީލުގެ ޑިފެންސް މިނިސްޓަރ ކާޒް އޭނާގެ ވާހަކައިގެ ރާގު ބަދަލުކޮށްފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި ކާޒް ބުނީ، ތެހެރާނުގެ ރައްޔިތުންނަށް ގަސްތުގައި ގެއްލުން ދިނުމުގެ ވިސްނުމެއް އިސްރާއީލުގެ ނެތް ކަމަށެވެ.

އޭނާގެ ޕޯސްޓްގައި ބުނެފައިވަނީ، އަލުން މެސެޖް މިކުރީ ކުރިން ދެއްކި ވާހަކަ އިތުރަށް “ސާފު” ކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އީރާނުގެ “ޑިކްޓޭޓަރުން” އިސްރާއީލުގެ އާންމުންނަށް ހަމަލާދީ މަރަމުންދާ ގޮތަށް، ތެހެރާނުގެ ރައްޔިތުންނަށް ޖިސްމާނީ ގެއްލުމެއް ދިނުމުގެ ވިސްނުމެއް އިސްރާއީލުން ނުގެންގުޅޭ ކަމަށް ކާޒް ބުނެފައި ވެއެވެ.

އެހެން ނަމަވެސް، އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ބުނެފައިވަނީ، ތެހެރާނުގައި ހުރި ވެރިކަމުގެ އަމާޒުތަކަށާއި ސަލާމަތީ އިންފްރާސްޓްރަކްޗަރތަކަށް އިސްރާއީލުން ހަމަލާދޭނޭ ކަމަށާއި، އެ ހިސާބުތަކުގައި ހުރި ގެތަކުގައި އުޅޭ އާންމުން ގެދޮރު ދޫކޮށް ދާންޖެހޭނޭ ކަމަށެވެ.

މިކަމުގެ ޒިންމާ ނަގަންޖެހޭނީ އީރާނުގެ ވެރިކަމުގެ ފަރާތުން ކަމަށްވެސް ކާޒް ބުނެފައި ވެއެވެ.

އެކަމަކު، އޭނާ ކުރިން ކުރި އިންޒާރުގައި ބުނެފައިވަނީ، އީރާނުން އިސްރާއީލަށް ދެމުންގެންދާ އަނިޔާވެރި ހަމަލާތަކުގެ ބަދަލަށް ވަރަށް އަވަހަށް އީރާނުގެ ވެރިރަށުގެ ރައްޔިތުންނަށް އެކަމުގެ “އަގު” ދައްކަންޖެހޭނޭ ކަމަށެވެ.

އިސްރާއީލުން މިއަދު ބުނެފައިވަނީ، އީރާނުން އިސްރާއީލަށް ދެމުންގެންދާ ހަމަލާތަކުގައި ހުކުރު ދުވަހުން ފެށިގެން މިހާތަނަށް 24 މީހުން މަރުވެ، އެތައްސަތޭކަ ބަޔަކު ޒަޚަމްވެފައިވާ ކަމަށެވެ. މަރުވި މީހުންގެ ތެރޭގައި 3 ކުޑަކުދިން ހިމެނޭ ކަމަށް ބުނެފައި ވެއެވެ.

އިސްރާއީލުން އީރާނަށް ދެމުންގެންދާ ހަމަލާތަކުގައި ހުކުރު ދުވަހުން ފެށިގެން މިހާތަނަށް 220 މީހުން މަރުވެފައި ވާއިރު، އޭގެތެރޭގައި 75 ކުޑަކުދިންނާއި އަންހެނުންނާއި، އެތައް އާންމުން ހިމެނޭ ކަމަށް އީރާނުން ބުނެފައި ވެއެވެ.

ހަމަލާދެނީ އީރާނުގެ އަސްކަރީ ތަންތަނަށް ކަމަށާއި، އީރާނުގެ އާންމުން ދިރިއުޅޭ ތަންތަނަށް ހަމަލާ ނުދޭކަމަށް ބުނެ އިސްރާއީލުން ފަތުރާ ރޯބުހުތާނު ދޮގުތައް އީރާނުން ގެންދަނީ ހެއްކާއެކު ދުނިޔެއަށް ހާމަކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާގައި މިހާރު ހައިހޫނުކަމުގެ އާންމު ހާލަތެއް ނެތްކަމަށް، މޮނިޓަރިންގ ގްރޫޕުން ބުނެފި

މޫސުން ގޯސްވެ ޣައްޒާއިން އިމާރާތެއް ވެއްޓި 17 މީހުން މަރުވެއްޖެ

ޣައްޒާ ފެނުއަޑީގައި އޮތްއިރުވެސް އާންމުން ބަނޑަށްޖެއްސުމަށް އިސްރާއީލުން މަސައްކަތް ކުރަނީ

ޔަހޫދީންނާމެދު ނަފްރަތު ފެތުރެނީ ގައުމުތަކުން ފަލަސްތީނު ދައުލަތް ބަލައިގަތުމުން: ނަތަންޔާހޫ

TTH_advertisement