ކުއްލި ޚަބަރު

ގައުމު ހަލާކުނުވެ، ސަލާމަތްކުރެވުނީ ރައީސް މުއިއްޒު ފަދަ ހުލްގުހެޔޮ ބޭފުޅެއް ވެރިކަމެއް ގެނައުމުން: ސަލީމް

އެމްޑީޕީގެ ބައިބައިވުމާއެކު އޭގެ ހުރިހާ އަގެއް ދައްކަން ޖެހުނީ ރައްޔިތުން: ނާޒިމް

މިއަދު ތަހައްމަލުކުރަމުން މިދަނީ މާ އުފާވެރި ވެރިކަމެއް، ހުޅުވާލެވިފައިވާ ވެރިކަމެއް: ނާޒިމް

އީރާނާ ޖެހުނީމާ އިސްރާއީލު ސިފައިންނަކީ އެއްވެސް ބައެއްނޫންކަން އެނގުމުން އިސްރާއީލު އާންމުން ވަރަށް ބޮޑަށް ހިތުގައިޖެހިއްޖެ

އަލްޓްރާ- ހަރުކަށި ފިކުރުމުގެ މީހުން ވެރިކަމަށް ގެނައުމުގެ ހިތި ނަތީޖާ އިސްރާއީލު މީހުން ގެންދަނީ ތަޖުރިބާކުރަމުންނެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެރިކަމަށް އަންނާންވެގެން ދުރުކަނާތު ފިޔައިގެ ހަރުކަށި ޕާޓީތަކާ ކޯލިޝަން ހެދީ އާރާއި ބާރުގެ ދަހިވެތިކަމުގައެވެ. މަގާމުގެ ޒިންމާ އަދާކުރުމުގެ ބަދަލުގައި އޭނާ އަބަދުވެސް މަސައްކަތް ކުރީ ވައްކަންކޮށްގެން މުއްސަނދިކަން ހޯދުމަށާއި، އަމިއްލަ ފައިދާއަށެވެ.

ވެރިކަން ދިފާއުކުރުމާއި، އިސްރާއީލު އާންމުންގެ ރުހުން ހޯދަންވެގެން ނަތަންޔާހޫ ގެންދިޔައީ ޣައްޒާގެ ކުޑަކުދިންނާއި، ޣައްޒާގެ މުޅި އާބާދީ މަރައި ހުރަސްކުރަމުންނެވެ. ޣައްޒާގައި ހުރި ހުރިހާ ގެތަކާއި، އިމާރާތްތަކަށް ބޮންއަޅައި ބިމާހަމަކުރަމުންނެވެ.

ޣައްޒާގެ ބޮޑުބައެއް މިހާރުވަނީ ހަނަފަސް ސަހަރާތަކަށް ހަދާލާފައެވެ. އެއީ، ކުރިން އިންސާނުން ދިރިއުޅުނު ތަންތަން ކަމަށް ހީވެސްނުވާ މިންވަރަށް ފަނާކޮށްލާފައި ވެއެވެ.
ޣައްޒާގެ މުޅި އާބާދީ މަރައިހުސްކޮށް، ޣައްޒާގެ ގެތަކާއި އިމާރާތްތަކަށް އިސްރާއީލު ސިފައިން ބޮންއަޅައި ސުންނާފަތި ކުރަމުންދިޔައިރު، އެ މަންޒަރުތައް ވެގެންދިޔައީ އިސްރާއީލު އާންމުންގެ ހިތްތަކަށް އުފާވެރިކަންލިބޭ މަންޒަރުތަކަށެވެ.

ޣައްޒާއަށް ބޮންއަޅާ މަންޒަރު ބަލަން ބޯޓު ޓުއަރ ހަދައިގެން އެމީހުން ކަނޑަށް ނުކުމެއެވެ. ދުރުމީ އަޅައިގެން މަންޒަރުތައް ބަލައި، ފޮޓޯނަގައި، ވީޑިއޯކޮށް ހަދައެވެ. މައިންބަފައިން މަރުވުމުން ކުޑަކުދިން ރޯ މަންޒަރުތަކާއި، ދަރީން މަރުވުމުން މައިން ކުރާ ހިތާމަތައް ފެންނަ މަންޒަރުތަކަށް ޖޯކްޖަހައި، މަލާމާތްކޮށް ޓިކްޓޮކް ކުޅެއެވެ.

އިސްރާއީލު ސިފައިން ޣައްޒާއަށް ހަދަމުންދިޔަ ލާއިންސާނީ ގޮތްތަކާއި، ނަސްލުނައްތާލުން އެއީ އިސްރާއީލު މީހުން އެއްވެސް ވަރަކަށް ކަންބޮޑުވާ ކަމަކަށް ނުވެއެވެ. އިސްރާއީލު އާންމުންނާއި، އިސްރާއީލު މީޑިއާއިންވެސް ހަމައެކަނި ދައްކަމުންގެންދިޔަ ވާހަކައަކީ ހަމާސްއިން ހައްޔަރު ކޮށްގެން ގެންދިޔަ އިސްރާއީލު ގައިދީންގެ ވާހަކައެވެ. ދައްކަމުން ގެންދިޔައީ، އިސްރާއީލު ސިފައިން ޣައްޒާއަށްދޭ ހަމަލާތަކުގެ މޮޅު ވާހަކައެވެ. އުޅުނީ އިސްރާއީލު ސިފައިން ވަރެއްނެތިގެންނެވެ.

އެކަމަކު، އިސްރާއީލަށް ދުނިޔޭގެ ގައުމަކުން ހަމަލާދޭން ފެށުމުން އިސްރާއީލުގެ ވެރިންނާއި، އިސްރާއީލު އާންމުންނަށްވެސް އެންގިގެންދިޔައީ، އިސްރާއީލު މީހުން މިހާތަނަށް ކުރަމުންއައީ ކުށްހީ ކަމަށެވެ. އެމެރިކާއާ ނުލައި އިސްރާއީލަކީ އެއްވެސް ބައެއް ނޫން ކަމެވެ.

އިސްރާއީލު ހީކުރީ، އީރާނަށް ހަމަލާދިނުމަކީ ޣައްޒާގައި އާންމުން ދިރިއުޅޭ ޓެންޓަކަށް ހަމަލާދިނުން ފަދަ ކަމެއް ކަމަށެވެ. ކައިގެން ވައެއްލުންފަދަ ކަމެއް ކަމަށެވެ.

އީރާނުން އިސްރާއީލަށް ދޭންފެށި ވަރުގަދަ ރައްދު ހަމަލާތަކާއެކު އިސްރާއީލުގެ ވެރިންނާއި، މުޅި އާބާދީ މިހާރު ތިބީ ގަންނާކުރެއްވި ބިރުން ބިންގަރާސްތަކަށް ފިލާބޮނދާފައެވެ.

ހައިފާ ކަނޑުގެ ބަނދަރަކީ އިސްރާއީލު އަބަދުވެސް ފަޚުރުވެރިވާ، އިސްރާއީލުގެ އިގްތިސާދުގެ މުހިންމު ތަނެކެވެ. އީރާނުން ވަރުގަދަ މިސައިލް ހަމަލާތަކެއްދީ ހައިފާ ބަނދަރު ހަލާކުކޮށްލުން އިސްރާއީލު މީހުން ސިފަކުރަމުން ގެންދަނީ އިސްރާއީލަށް ކުރިމަތިވި މުސީބާތެއްގެ ގޮތުގައެވެ. އަދި މިކަން މެދުވެރިވީ އަމިއްލައެދުން ބޮޑު، ކޮރަޕްޓް ވެރިކަމެއްގެ ސަބަބުން ކަމަށް ބުނެ، ނަތަންޔާހޫއަށް ރުޅިބާލަމުން އެބަ ގެންދެއެވެ.

ތެލް އަވީވްގައި ގާއިމްކޮށްފައިވާ ނެވަޓިމް އެއަރ ބޭސްއަކީ، ދުނިޔޭގެ އެންމެ ސަލާމަތީ ފިޔަވަޅު ވަރުގަދަ ބޭސްތަކަށް ވެއެވެ. އެކަމަކު، އީރާނުން މިވަނީ ރޭގައި ވަރުގަދަ ހަމަލާތަކެއްދީ އެތަންވެސް ގޮއްވާލާފައެވެ.

ހައިފާ ބަނދަރާއި، ނެވަޓިކް އެއަރބޭސް ސުންނާފަތިކޮށްލާފައިވާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވެފައި ވުމުން އެކަމުން އިސްރާއީލު މީހުންނަށް ވަރަށް އަސަރުކޮށްގެން އެބައުޅެއެވެ.
ކުރިއަށްހުރި ދުވަސްތަކުގައި ކަން ވާނޭގޮތެއް ނޭނގޭތީ އިސްރާއީލު މީހުން ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ. އެއަރޕޯޓްތައް ބަންދުކޮށްފައިވާތީ ފުރައިގެން ދެވޭކަށްވެސް ނެތެވެ. އިސްރާއީލުގައި ތިބެގެން ސަލާމަތެއްވެސް ނެތެވެ.

އިސްރާއީލު މީހުން މިއަދު އިހްސާސް ކުރަމުން އެ ގެންދަނީ ޣައްޒާގެ ރައްޔިތުންނާއި، ހުޅަނގު އައްސޭރީގެ ރައްޔިތުންނާއި، ލުބްނާން، ސޫރިޔާގެ ރައްޔިތުން ތަހައްމަލްކުރަމުންދިޔަ ކަންކަމެވެ. އެ ބިރުވެރިކަމާއި ހިތްދަތިކަމެވެ.

ގުޅުންހުރި

1 suspect 1 811fb09a9f

ވަގަށް ނަގާފައިވާ ސައިކަލަކާއި ސާމާނުތަކަކާއެކު މީހަކު ހައްޔަރުކޮށްފި

20240730 233216 850x548

ގައުމު ހަލާކުނުވެ، ސަލާމަތްކުރެވުނީ ރައީސް މުއިއްޒު ފަދަ ހުލްގުހެޔޮ ބޭފުޅެއް ވެރިކަމެއް ގެނައުމުން: ސަލީމް

Img 6429 850x548

އެމްޑީޕީގެ ބައިބައިވުމާއެކު އޭގެ ހުރިހާ އަގެއް ދައްކަން ޖެހުނީ ރައްޔިތުން: ނާޒިމް

Naxim

މިއަދު ތަހައްމަލުކުރަމުން މިދަނީ މާ އުފާވެރި ވެރިކަމެއް، ހުޅުވާލެވިފައިވާ ވެރިކަމެއް: ނާޒިމް

TTH_advertisement ELL Mobile Advertisement