ކުއްލި ޚަބަރު

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

ރާއްޖޭގައި މިހާރު ގޭންގެއް ނެތް: ރައީސް

އިނާޒު ދެއްވި ޔަގީންކަން: ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ޕެންޝަން އޮފީހުން ނުކުރޭ

ސިނަމާލެ ބުރިޖަކީ މުޖުތަމަޢުގެ ކުރިއެރުމަށް އިންޖިނޭރުންގެ މުހިންމުކަން ރަމްޒުކޮށްދޭ ބިނާއެއް: ޗައިނާ ސަފީރު

ސިނަމާލެ ބުރިޖަކީ މުޖުތަމަޢުގެ ތަރައްޤީއާއި ކުރިއެރުމުގައި އިންޖިނިއަރުންގެ އަގުހުރި ދައުރު ރަމްޒުކޮށްދޭ ފާހަގަކޮށްލެވޭ ބިނާއެއްކަމުގައި ޗައިނާގެ ސަފީރު ކޮންގް ޒިއަންހުއާ ވިދާޅުވެއްޖެއެވެ.

މި ބަސްފުޅުތައް ސަފީރު ދެއްކެވީ، ސިނަމާލެ ބުރިޖު އިފްތިތާޙުކުރެވުނު ތާރީޚު ކަމުގައިވާ އޮގަސްޓު 30 ވަނަ ދުވަސް، ރާއްޖޭގެ އިންޖިނިއަރުންގެ ދުވަސްކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމާ ގުޅިގެން، އިޖުތިމާޢީ މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.

ސަފީރުގެ ވާހަކަފުޅުގައި، ޗައިނާއާއި ދިވެހިރާއްޖޭގެ އިންޖިނިއަރުންގެ ޤާބިލު މަސައްކަތުން ޢިމާރާތްކުރެވުނު ސިނަމާލެ ބުރިޖަކީ، ދިވެހިންގެ ދިރިއުޅުމަށާއި ޤައުމުގެ އިޤްތިޞާދަށް ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ގެނެސްދީފައިވާ މަޝްރޫޢެއްކަން ފާހަގަކުރެއްވިއެވެ. އަދި އިންޖިނިއަރުންނަކީ މުޖުތަމަޢުގެ ތަރައްޤީއާއި ކުރިއެރުމުގައި އަސާސީ ދައުރެއް އަދާކުރާ ބައެއްކަމަށާއި، އެ ފަރާތްތަކަށް އެކަށީގެންވާ އިޙްތިރާމާއި ޤަދަރު ލިބެންޖެހޭކަން ސަފީރު ޚާއްޞަކޮށް ފާހަގަކުރެއްވިއެވެ.

ކޮންމެ އަހަރެއްގެ އޮގަސްޓު 30 ވަނަ ދުވަހަކީ އިންޖިނިއަރުންގެ ދުވަސްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައެޅުއްވީ އިހަށްދުވަހުއެވެ. މި ދުވަސް ނިސްބަތްކުރައްވާފައިވަނީ ޤައުމުގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބޮޑު އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ ސިނަމާލެ ބުރިޖު އިފްތިތާޙުކުރެވުނު ތާރީޚަށެވެ. ސިނަމާލެ ބުރިޖު ރަސްމީކޮށް ހުޅުވުނީ 30 އޮގަސްޓު 2018 ގައެވެ.

ސިނަމާލެ ބުރިޖުގެ ޢަމަލީ މަސައްކަތް ފެށުނީ 2014 ވަނަ އަހަރުގެ ތެރޭގައެވެ. އަދި މި މަޝްރޫޢު ފުރިހަމަކުރުމަށް ހޭދަވީ 3 އަހަރާއި 11 މަސް ދުވަހެވެ.

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ދުވަސްވީ އެކުވެރިކަމުގެ ގުޅުން ރަމްޒުކޮށްދޭ މި ބުރިޖުގެ ދިގުމިނަކީ 1.39 ކިލޯމީޓަރެވެ. ބުރިޖުގެ ފުޅާމިނުގައި 20.3 މީޓަރު ހުންނައިރު، ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް ޚާއްޞަކުރެވިފައިވާ ދެ ލޭނާއި، ދުއްވާތަކެތި ދުއްވުމަށް ޚާއްޞަކުރެވިފައިވާ ދެ ލޭނު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނައިބު ރައީސްގެ އަރިހަށް ޗައިނާ ސަފީރު، އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ޗައިނާއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ރައީސަށް ފަތްކޮޅު އަރުވައިފި

TTH_advertisement