ކުއްލި ޚަބަރު

ސްޓެލްކޯގެ ވިއުގަ އަޕްގްރޭޑް ކުރާތީ މިއަދުވެސް މާލެއިން ކަރަންޓް ދާނެ

އައްޑޫ ސިޓީގައި ވަޤުފް އިމާރާތެއް ބިނާކުރަން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފި

ފޭދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ފުރަތަމަ ފަހަރަށް ޖޫނިއަރ ނެޝަނަލް ކެރަމް ޗެމްޕިއަންޝިޕް ބާއްވަނީ

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) އިން އިންތިޒާމުކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ޖޫނިއަރ ނެޝަނަލް ކެރަމް ޗެމްޕިއަންޝިޕް މި މަހުގެ 26 ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.

މިމުބާރާތުގައި ބައިވެރިވުމުގެ ގަވާއިދު ސީއޭއެމްއިން މިހާރު އާންމުކޮށްފަވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތުވަނީ މިމަހުގެ 22ވަނަ ދުވަހުގެ ރޭ 10:00ޖެހުމާ ހަމައަށް ހުޅުވިފައެވެ. އަދި މުބާރާތުގެ ގުރުއަތުލުން މިމަހުގެ 24ވާ އަންގާރަދުވަހަށް ތާވަލުކޮށްފަވާއިރު، މިކަން ކުރިއަށްދާނީ އެރޭ 08:00ގައި މާލޭ ކެރަމް ހޯލުގައެވެ.

ޖޫނިއާ ނެޝަނަލް ކެރަމް ޗެމްޕިއަންޝިޕު ކުރިއަށްދާނީ ދެ އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 15 އަހަރުންދަށުގެ އުމުރުފުރާ އާއި 19 އަހަރުންދަށުގެ އުމުރުފުރާއެވެ. މިމުބާރާތް ކުރިއަށްދާނީ އަންހެން އަދި ފިރިހެން ސިންގަލްސް އިވެންޓުތަކުގެ އިތުރުން އަންހެން އަދި ފިރިހެން ޑަބަލްސް އިވެންޓުތައް ހިމަނައިގެންނެވެ.

ނޮކްއައުޓް އުސޫލުން ކުރިއަށްގެންދާ މިމުބާރާތުގެ ގަވާއިދު ސީއޭއެމްއިން މިހާރު އާންމުކޮށްފަވާއިރު، މުބާރާތުގެ އެންމެހާ ކަންކަން ބަލަހައްޓާ ހިންގާނީ ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެގްޒެކެޓިވް ބޯޑުން އައްޔަނުކުރާ ޓޯރނަމެންޓު ކޮމެޓީންނެވެ.

ޖޫނިއަރ ނެޝަނަލް ކެރަމް ޗެމްޕިއަންޝިޕް ބައިވެރިވުމަށް އެދޭ ފޯމް

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކެރަމް ކޮމިއުނިޓީ ޝީލްޑް: ސިންގަލްސް ޗެމްޕިއަންކަން މައިޝާން އާއި އިންޝާއަށް

ކެރަމް ކޮމިއުނިޓީ ޝީލްޑް އޮކްޓޫބަރުގައި 28 ފަށަނީ

TTH_advertisement