ކުއްލި ޚަބަރު

އަލިފާނުގެ ހާދިސާގައި ދޯނީގެ ގެގަނޑުގައި ހުރި ހުރިހާ އެއްޗެއް ވަނީ އަނދާފައި

މިލަދޫ މަގު ހެދުމުގެ މަސައްކަތް އަންނަ މަހު ފެށޭނެ: ރައީސް

ލ. އަތޮޅުގައި އައިޑީކާޑް ޕްރިންޓް ކުރުމުގެ ޚިދުމަތް ފަށައިފި

ފްލެޓް ތަކުގެ ކުލި ނުދައްކާ މީހުންނަށް ނޯޓިސް ފޮނުވަން ފަށައިފި

ހިޔާ
ހިޔާ ފްލެޓްތައް — ފޮޓޯ: އަވަސް

ސޯޝަލް ހައުސިންގެ ތެރެއިން ހުޅުމާލެއިން ދޫކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ކުލި ނުދައްކާ ފަރާތްތަކަށް އެޗްޑީސީން ނޯޓިސް ފޮނުވަން ފަށައިފި އެވެ.

އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ ފްލެޓްތަކަށް ކުލި ނުދައްކާ މީހުންނަށް ކޮންމެ ތިން މަހަކުން ނޯޓިހެއް ފޮނުވަން ފަށާފައިވާ ކަމަށެވެ. އެއީ ކުލި ދައްކަން ނަސޭހަތް ދީ ފޮނުވާ “ޕޭމަންޓް އެޑްވައިސް” ނޯޓިސްއެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ އެއްގޮތަކަށް ވެސް ފްލެޓަށް ކުލި ނުދައްކާ މީހުންނާއި ބައެއް ފަހަރު ކުލި ނުދައްކާ މީހުން ވެސް އެބަތިބި ކަމަށެވެ.

ހުޅުމާލޭގެ ފްލެޓްތަކުން ކުލީގެ ގޮތުގައި ނުލިބިވާ ފައިސާގެ އަދަދު 700 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ކަމަށް އެ ކުންފުނިން ހާމަކުރިއެވެ.

އެޗްޑީސީން ބަލަހައްޓާ ހުޅުމާލޭގެ ހައުސިން ޔުނިޓުތަކުގެ ޖުމްލަ އަދަދަކީ 8،511 އެވެ. އޭގެ ތެރެއިން ގަވާއިދުން ކުލި ދައްކަނީ 3،219 ފްލެޓަކުންނެވެ. އަދި 5،099 ފްލެޓަކުން ކުލި ނުދައްކާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

އަލިފާނުގެ ހާދިސާގައި ދޯނީގެ ގެގަނޑުގައި ހުރި ހުރިހާ އެއްޗެއް ވަނީ އަނދާފައި

408748 e7e3f915 4

މިލަދޫ މަގު ހެދުމުގެ މަސައްކަތް އަންނަ މަހު ފެށޭނެ: ރައީސް

112

ލ. އަތޮޅުގައި އައިޑީކާޑް ޕްރިންޓް ކުރުމުގެ ޚިދުމަތް ފަށައިފި

މަގޫދޫ ބަނދަރު ރައީސް ހުޅުއްވައިދެއްވައިފި

ELL Mobile Advertisement TTH_advertisement