ކުއްލި ޚަބަރު

ސްޓެލްކޯގެ ވިއުގަ އަޕްގްރޭޑް ކުރާތީ މިއަދުވެސް މާލެއިން ކަރަންޓް ދާނެ

އައްޑޫ ސިޓީގައި ވަޤުފް އިމާރާތެއް ބިނާކުރަން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފި

ފޭދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ފަށާ މަދަދު ލޯން ގެ ދެވަނަ ބުރަށް ހުޅުވާލައިފި

“ފަށާ މަދަދު ލޯން” ގެ ދެވަނަ ބުރުގެ ލޯނަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން ކުރިއަށް ގެންދާ މި ލޯން ޕްރަގްރާމަކީ ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކޮށް، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ފަށާފައިވާ ޕްރަގްރާމެކެވެ.

އެ މިނިސްޓްރީން ބުނީ “ފަށާ މަދަދު ލޯން” ސްކީމްގެ ދެވަނަ ފިޔަވައްސަށް މިހާރު އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ. އެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކޮށް، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވާލާފައިވާ ފަށާ މަދަދު ލޯން ސްކީމަކީ 100 މިލިއަން ރުފިޔާގެ ލޯން ސްކީމެކެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް ފަށާފައިވާ ސްކީމެކެވެ.

މި ސްކީމްގެ ދަށުން އަހަރަކު 6 އިންސައްތައިގެ އިންޓްރެސްޓާއެކު އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ ޢަދަދަކަށް ލޯނު ދޫކުރާނެ އެވެ.

މި ސްކީމުގެ %25 ޚާއްޞަ ކުރެވިފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

gender ministry

ނުކުޅުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ހަމަޖެއްސުމުގެ މިންގަނޑު އާންމުކޮށްފި

410283093 768792568627022 6908817978361705794 n

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސައިން ލޭންގުއޭޖްގެ ސެޓްފިކެޓް ލެވެލްގެ ކޯހެއް ފަށަނީ

TTH_advertisement