ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ ފަރާތްތަކަށް އިނާމު ދިނުމުގެ ރަސްމިއްޔާތު، ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2025 ރޭ ބާއްވައިފިއެވެ. މި ރަސްމިއްޔާތުގައި 23 މީހަކަށް އަދި 4 ޓީމަކަށް އިނާމު ދީފައިވެއެވެ.

މި ރަސްމިއްޔާތު ބޭއްވީ ބެސްޓްބައި މޯލްޑިވްސް (ބީބީއެމް)ގެ ޓައިޓްލް ސްޕޮންސަރުގެ ދަށުން ބާސެލޯ ނަސަންދުރާ މާލެ ހޮޓަލުގައެވެ.އިނާމު ލިބުނު ފަރާތްތަކުގެ ތެރޭގައި:

• ޒުވާން ހޮޓެލިއާ: ފަތުހުﷲ ނަސީރު – ބާސެލޯ ވޭލް ލެގޫން، ބާސެލޯ ނަސަންދުރާ މާލެ

• ވެލްނަސް ޕާސަނަލިޓީ: އައި ގުސްތި އަޔޫ އަރިއާނީ – ކޯރާ ކޯރާ ރިސޯޓް މޯލްޑިވްސް

• ކޮންސިއާޖް/ގެސްޓް ސާވިސް ޕާސަނަލިޓީ: މަރްޔަމް ޝަގާފް – ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސް

• ސެކިއުރިޓީ އޮފިސަރު: އަހުމަދު ޖަމްޝީދު – ސަން ސިޔާމް އިރު ވެލި

• މެރީނާ: އަހީޖް އަބްދުލްގާދިރު – ޖުމެއިރާ އޮޅަހަލި އައިލެންޑް މޯލްޑިވްސް

• ލޭންޑްސްކޭޕާ: ދަކްޝިނާ މޫރުތީ ތަންކަރާޖަން – ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސް

• ހައުސްކީޕާ: މުހައްމަދު އަސްލަމް – ޝެވަލް ބްލާންކް ރަންދެލި

• އައިޓީ ޕާސަނަލިޓީ: ހުސައިން ސާމިއު – މިލައިދޫ މޯލްޑިވްސް

• އިންޖިނޭރު: މުހައްމަދު ޝަހީމް – ދިގަލި މޯލްޑިވްސް

• ޕްރޮކިއުމަންޓް ޕާސަނަލިޓީ: ހާއްވާ ނާޒިމާ – ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސް

• އޭވިއޭޓާ: ނާއިފް އަބްދުއްރަހުމާން – މަންޓާ އެއާ

• އެފްއެންޑްބީ ޕާސަނަލިޓީ: މުހައްމަދު ޒައީމް – ކޮންރާޑް މޯލްޑިވްސް ރަންގަލި

• ޝެފް އަދި ބީބީއެމް ޗެއާމަންގެ ހާއްސަ އެވޯޑް: އަހުމަދު ޖަމީލް – ވަންއެންޑްއޯންލީ ރީތި ރަށް

• އެޗުއާރު އެންޑް ޓްރެއިނިން ޕާސަނަލިޓީ: އިސްމާއިލް އިސާމް – ކުރުނބާ މޯލްޑިވްސް

• ވޯޓަސްޕޯޓްސް ޕާސަނަލިޓީ: އަލީ ސިރާތު – ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާ

• ޑައިވިން ޕާސަނަލިޓީ: އާޒިމް ނަސީރު – ދުސިތު ތާނީ މޯލްޑިވްސް

• އެއާޕޯޓް ރެޕްރެޒެންޓޭޓިވް: ހުސައިން ވަހީދު – ވަންއެންޑްއޯންލީ ރީތި ރަށް

• ފައިނޭންސް ޕާސަނަލިޓީ: އަރުނާ ޕްރިޔާ ޖަޔަސިންހެ ނިއްސަންގްކަގެ – އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓް އަދި ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސް

• ސޭލްސް ޕާސަނަލިޓީ: އަލިއާ ކޯޝިކޯވާ – ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސް

• ޕީއާރު އެންޑް ކޮމިއުނިކޭޝަންސް ޕާސަނަލިޓީ: ސީމާ މިސްރާ – އެޓްމޮސްފިއާ ކޯ

• މާކެޓިން: ހާލިދު ޖައްރާހު – ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި

• ރިސޯޓް މެނޭޖަރު: އައުސީ ވަސީމް – ސިޔާމް ވޯލްޑް

• ޖެނެރަލް މެނޭޖަރު: މުހައްމަދު އަޝްރަފް – ޖުމެއިރާ އޮޅަހަލި އައިލެންޑް މޯލްޑިވްސް

އިނާމު ލިބުނު ޓީމުތަކުގެ ތެރޭގައި:

ރިސޯޓް ޓީމް: ހިލްޓަން މޯލްޑިވްސް އަމިންގިރި ރިސޯޓް އެންޑް ސްޕާ
ތަމްރީނު ޕްރޮގްރާމް: ދަ މެރިއޮޓް ކުރިމަގު
ލީޑަޝިޕް ޕްރޮގްރާމް ދެމެހެއްޓެނިވި ތަރައްގީގެ ޗެމްޕިއަން: އޯޒެން ލައިފް މާދޫ
ސީއެސްއާރް ޕްރޮގްރާމް: ސިކްސް ސެންސަސް ލާމު
މީގެ އިތުރުން ހާއްސަ ޝަރަފުވެރިކަން ހަތަރު ފަރާތަކަށް ދީފައިވެއެވެ.

މި އެވޯޑަށް މި އަހަރު 450 އަށްވުރެ ގިނަ މީހުން ކުރިމަތިލިއިރު، 600،000 އަށްވުރެ ގިނަ މީހުން ވޯޓު ދީފައިވެއެވެ. އެވޯޑް ލިބޭ ފަރާތްތައް ހޮވަނީ ޖަޖުންގެ މާކްސްގެ %60 އަދި ވޯޓު ލިބޭ ނިސްބަތުން %40 ހިމަނައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

akram kamaaludeen

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން އެއީ ގައުމަށް އެއްމެ ރަގަޅު ފައިދާހުރިގޮތް: އަކުރަމް

Fuvahulah atoll maldives banner

5 މިލިޔަން ގަސް ޕްރޮގްރާމުގެ ދަށުން ފުވައްމުލަކުގައި ނާސަރީއެއް

ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި، 2028ގެ މެދުތެރޭ ނިންމައިލެވޭނެ

Muizzu qasim

ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ސަބަބުން ޤައުމުގެ އަމާންކަމާއި މަސްލަހަތު ދެމެހެއްޓޭނެ: ޤާސިމް