ކުއްލި ޚަބަރު

ފުލުހުންނަށް އިންޒާރުދިން މައްސަލައަކާ ގުޅިގެން ޒާޔާގެ ފޯނު ހިފަހައްޓައިފި

މީޑިއާ ކޮމިޝަނަށް މެންބަރުން އިންތިހާބުވެއްޖެ

ހަންޏާމީދޫ ގެސްޓްހައުސް ހިންގާ ފަރާތްތަކާ ރައީސް ބައްދަލުކުރައްވައިފި

ޓްރީ ޓޮޕް ހޮސްޕިޓަލާއި އިންޑިއަން ހައި ކޮމިޝަންގެ ފަރާތުން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފި

ދުނިޔޭގެ ލޭ ހަދިޔާ ކުރުމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލާއި އިންޑިއަން ހައި ކޮމިޝަން ގުޅިގެން މިއަދު ހެނދުނު 8:30 އިން ފެށިގެން ލޭ ހަދިޔާކުރުމުގެ ހާއްސަ ހަރަކާތެއް ކުރިޔަށް ގެންގޮސްފިއެވެ.

މި ހަރަކާތުގައި އިންޑިއާގެ ހައި ކޮމިޝަނަރ ޝްރީ ޖީ ބާލަސުބްރަމާނިއަމް، އިންޑިއަން ހައި ކޮމިޝަންގެ ޑިޕްލޮމެޓުންނާއި މުވައްޒިފުންގެ އިތުރުން، ސިއްޙީ ވުޒާރާގެ މިނިސްޓަރ އަބްދުއްލާ ނާޒިމް އިބްރާހިމް އާއި މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ހަމައެހެންމެ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީ.އީ.އޯ ޑރ. ސްރިވަޓްސަން ސްރިދާރް ޖީ އާއި ހޮސްޕިޓަލުގެ އިސްވެރިންނާއި މުވައްޒިފުންވެސް މި ހަރަކާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރިދާރް ޖީ ވިދާޅުވީ “ދުނިޔޭގެ ލޭ ހަދިޔާކުރުމުގެ ދުވަހާ ގުޅިގެން އިންޑިއަން ހައި ކޮމިޝަނާއެކު މަސައްކަތްކުރުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް، ލޭ ހަދިޔާކުރުމަކީ ފުރާނަ ސަލާމަތްކުރުމަށް ކުރެވޭ މަތިވެރި ކަމެއް، އަދި މުޖުތަމައުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ މުހިންމުކަން މި ހަރަކާތުން ފާހަގަކޮށްދެއެވެ” ކަމަށެވެ.

އިންޑިއަން ހައި ކޮމިޝަނުން ފާހަގަކުރެއްވި ގޮތުގައި “ޓްރީ ޓޮޕް ހޮސްޕިޓަލުން މި ހަރަކާތް އިންތިޒާމުކޮށްފައިވާ ގޮތާއި މެހެމާންދާރީ އަދާކުރި ގޮތް ފާހަގަކޮށްލަންޖެހޭ، ލޭ ހަދިޔާކުރުމަކީ ފުރާނަ ސަލާމަތްކުރުމަށް ކުރެވޭ މަތިވެރި އަމަލެއް، މިއީ މިއަހަރު އިންޑިއަން ހައި ކޮމިޝަނުން ލޭ ހަދިޔާކުރުމުގެ ހަރަކާތެއްގައި ބައިވެރިވި ދެވަނަ ފަހަރު، މިކަމުން ދިވެހި އަޚުންނަށް ބޭނުންޖެހޭ ވަގުތުތަކުގައި އެހީތެރިވުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް ހާމަވެގެންދޭ” ކަމަށެވެ.

މިފަދަ ހަރަކާތްތަކުގެ ސަބަބުން ލޭ ހަދިޔާކުރުމުގެ މުހިއްމުކަން އާންމުންނަށް އޮޅުންފިލައި، ލޭ ހަދިޔާކުރުމަށް ޝައުގުވެރިވާ ފަރާތްތައް އިތުރުވެގެންދާކަމަށް ބެލެވެއެވެ. އަދި މިފަދަ ހަރަކާތްތަކުގެ ސަބަބުން ލޭ ހަދިޔާކުރާ މީހުންގެ އަދަދު އިތުރުވެގެންދާކަން ފާހަގަކުރެވިފައިވެއެވެ.

ދުނިޔޭގެ ލޭ ހަދިޔާކުރުމުގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ޖޫން 14 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. މި ދުވަހަކީ ލޭ ހަދިޔާކުރުމުގެ މުހިއްމުކަމާމެދު އާންމުން ހޭލުންތެރިކުރުވުމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަނުން ކަނޑައަޅާފައިވާ ދުވަހެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

16 އަހަރު ފަހުން ދިވެހިރާއްޖޭގެ ރައީސަކު ފުރަތަމަ ފަހަރަށް ކުނބުރުދޫއަށް ވަޑައިގެންފި

އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިފި

މަހިބަދޫ މަގުތައް ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހި ރައީސް ފައްޓަވައިދެއްވައިފި

އދ. އަތޮޅު ހޮސްޕިޓަލްގައި ޑަޔަލިސިސް ޚިދުމަތް ފަށައިފި

TTH_advertisement