ކުއްލި ޚަބަރު

މިނިވަންކަމާއެކު ސިޔާސީ ލީޑަރުންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ރައީސް މުއިއްޒު ގާއިމްކޮށްދެއްވައިފި: ނަޝީދު

ތަހުގީގުން ހާމަވީ ޔުމްނު ވެއްޓުނީ ކަމަށް، ވައްޓާނުލާކަން ކަށަވަރުވެ ޔަގީންވެއްޖެ

ނަޝީދާއި އީވާ އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވަނީ

ބީއެމްއެލް ކާޑު ފޮނުވަންޖެހޭ އެޑްރެސްތަކުގެ މަޢުލޫމާތު ފުރިހަމަކުރުމަށް އެބޭންކުން އިލްތިމާސްކޮށްފި

މާލެ ސަރަހައްދުގައި ބީއެމްއެލްގެ ކަސްޓަމަރުންގެ ކާޑުތައް ޑެލިވަރ ކުރުމަށް، ކަސްޓަމަރުންގެ މެއިލިން އެޑްރެސްތައް އަދާހަމަކުރުމަށް، ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން އިލްތިމާސްކޮށްފިއެެވެ.

ބީއެމްއެލްއިން ނެރެފައިވާ ނޫސްބަޔާނުގައި ވިދާޅުވީ، މާލޭ ސަރަހައްދުގައި ދިރިއުޅޭ ކަސްޓަމަރުންގެ ކާޑު މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް ސީދާ ކަސްޓަމަރުންގެ ގެއަށް ފޮނުވައިދިނުމުގައި ދަތިތަތަކެއް ދިމާވާ ކަމަށެވެ. މިކަން ހައްލުކުރުމުގެ ގޮތުން ކަސްޓަމަރުންގެ މެއިލިން އެޑްރެސް އަދާހަމަކުރުމަށް ބީއެމްއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.

ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިންގ ސްޓެރެޓެޖީ މުޙައްމަދު ސަޢީދު ވިދާޅުވީ ކަސްޓަމަރުންނަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ކާޑު ހަވާލުކޮށްދިނުމަށް ބޭންކުން އިސްކަމެއް ދޭ ކަމަށެވެ. އެހެން ނަމަވެސް ބޭންކަށް ދީފައި އޮންނަ އެޑްރެހުގައި ބައެއް ކަސްޓަމަރުން ދިރިއުޅެމުން ނުދާކަން ފާހަގަވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

“މެއިލިން އެޑްރެހުގެ ގޮތުގައި ދާއިމީ އެޑްރެސްވެސް ދީފައި އޮންނަކަން ފާހަގަކުރެވޭ. އެހެންކަމުން އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް އެޑްރެސް އަޕްޑޭޓް ކޮށްލުމަށް އަޅުގަނޑުމެން އިލްތިމާސްކުރަން.” ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިންގ ސްޓެރެޓެޖީ މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

ބީއެމްއެލްއިން ވަނީ ކާޑު ކަސްޓަމަރާއި ހަމައަށް ނުފޯރަނީސް އެކްޓިވޭޓް ނުވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ބޭންކުން ކާޑު އެކްޓިވޭޓް ނުކުރާކަން ފާހަގަކޮށް އެކަން ކުރާނީ ކަސްޓަމަރު އަމިއްލައަށްކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.

“ބޭންކުން ކަސްޓަމަރުންގެ ކާޑު އެކްޓިވޭޓް ނުކޮށްދޭނެ. ކަސްޓަމަރަށް ކާޑު ލިބުމުން އިންޓަރނެޓް ބޭންކިންގ ނުވަތަ މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ވަގުތުން ކާޑު އެކްޓިވޭޓްކޮށްލެވޭނެ.” ސަޢީދު ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ކާޑުތައް މޯލްޑިވްސް ޕޯސްޓު މެދުވެރިކޮށް ޑެލިވަރ ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، ރަށްރަށުގައި މިކަން ކުރާނީ ބީއެމްއެލްގެ މުވައްޒަފުން ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

ގުޅުންހުރި

402975 06ac96af f

ލޯނުތައް ނަގައިގެން ރައްޔިތުންނަށް ފައިދާތައް ކުރި، ދަރަނި ދެއްކުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާނެ: ރައީސް ވަހީދު

402984 e6c8cd2e 9

ބުރިޖުގެ މަސައްކަތް ފުރިހަމަވީ ރައީސް މުއިއްޒުގެ މަސައްކަތްޕުޅުން: ރައީސް ވަހީދު

402976 b8150d01 4

ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ވިސްނުމެއް ނެތް: ރައީސް ވަހީދު

87777

18 ކިލޯގެ ޑްރަގް ބަލައި ދިޔަ ބިދޭސީ މީހާ ހައްޔަރުކޮށްފި

TTH_advertisement ELL Mobile Advertisement