ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް އިޒްރޭލުން ހަމަލާދީފި

އިޒްރޭލުން އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކުގެ ތެރޭގައި ނަތަންޒްގައި ހުންނަ ނިއުކްލިއާ މަރުކަޒަކަށް އަމާޒުކޮށްފައިވާ ހަމަލާތަކެއް ހިމެނެއެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހަމަލާތައް ދީފައިވަނީ އިޒްރޭލުގެ ޖެޓް މަތިންދާބޯޓުތަކުން ކަމަށެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފަިވަނީ މި ހަމަލާތައް އަމާޒުކޮށްފައިވަނީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމްގެ “ހިތަށް” ކަމަށެވެ. އަދި އީރާނަކީ އިޒްރޭލުގެ ދެމިއޮތުމަށް އޮތް ނުރައްކަލެއް ކަމަށާއި، އެ ނުރައްކާ ނައްތާލެވެންދެން މި ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އީރާންގެ ފަރާތުން ބުނެފައިވަނީ އިޒްރޭލުގެ ހަމަލާތައް އާންމުންގެ އިމާރާތްތަކަށް އަރާފައިވާ ކަމަށެވެ. އަދި މީގެ ސަބަބުން ބަޔަކު މަރުވެފައިވާ ކަމަށާއި، އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށް އީރާންގެ ދައުލަތުގެ މީޑިއާއިން ބުނެފައިވެއެވެ.

މި ހަމަލާތަކާ ގުޅިގެން އިޒްރޭލު މިހާރު އޮތީ އީރާންގެ ހަމަލާއަކަށް ތައްޔާރުވެ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. މި ހާދިސާއަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ގޯސްވެ، ސަރަހައްދީ ހަމަޖެހުމަށް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގަލްފްގެ ގައުމުތަކަށްދޭ ހަމަލާތައް ނުހުއްޓައިފިނަމަ އީރާނު ހުއްޓުވަން ބާރުގެ ބޭނުން ކުރަންޖެހިދާނެ: ސައުދީ އަރަބިއްޔާ

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއާރްޖީސީގެ މެމްބަރުން އިސްރާއީލު ތެރޭގައި އުޅޭކަމުގެ އަޑުތަކެއް: ޒަޔަނިސްޓު ދައުލަތުގެ ފަހަރަކު ވެރިޔަކު މަރަމުންދާ ކަމަށް ބުނޭ