ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެއްބަސްވުމަކަށް ދެކޮޅު ހެދުމުން، ކުޅުދުއްފުށި ކައުންސިލުން ފެނަކައާ ދެކޮޅަށް ދައުވާކުރަނީ

488900718 1091253366375016 3371237883489081108 n
ކުޅުދުއްފުށި ސިޓީ ކައުންސިލުގެ މެންބަރުން — ފޮޓޯ/ ކުޅުދުއްފުށި ސިޓީ ކައުންސިލް

ކުޅުދުއްފުށި ސިޓީގައި ކަރަންޓުގެ ހިދުމަތް ދިނުމަށް އެއްބަސްވުމެއް ހެދުމަށް ފެނަކަ ކޯޕަރޭޝަނުން އިންކާރުކޮށްފައިވާތީ، އެ ކުންފުންޏާ ދެކޮޅަށް ދައުވާކުރުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ކުޅުދުއްފުށީގައި ކަރަންޓުގެ ހިދުމަތް ދިނުމާ ގުޅޭގޮތުން ލާމަރުކަޒީ ގާނޫނާ އެއްގޮތަށް ފެނަކައާއެކު އެއްބަސްވުމެއް ހެދުމަށް ކައުންސިލުން އެދުމުން، އެކަމަށް ފެނަކައިން އިންކާރުކޮށްފައިވާތީ، އެ ކުންފުނީގެ މައްޗަށް ދައުވާކުރުމަށް ނިންމާފައިވަނީ އެ ކައުންސިލުގެ 206 ވަނަ އާންމު ބައްދަލުވުމުގައެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ފާހަގަކުރާ ގޮތުގައި ލާމަރުކަޒީ ގާނޫނުގައި ރަށެއްގެ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަކީ ކައުންސިލުގެ ޒިންމާއެއް ކަމަށް ބަޔާންކޮށްފައިވާ އިރު، އެ ހިދުމަތް ތިންވަނަ ފަރާތަކުން ފޯރުކޮށްދޭ ނަމަ، އެ ފަރާތާއި ކައުންސިލާ ދެމެދު އެއްބަސްވުމެއް އޮންނަންޖެހޭ ކަމަށެވެ.

ކުޅުދުއްފުށީގައި މިހާރު ވެސް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދަނީ ފެނަކަ އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Q

ކުޑަރިކިލުގައި ސޯލާ-ޑީސަލް ބެޓެރި ހައިބްރިޑް ޕަވާ ސިސްޓަމް ގާއިމްކޮށް ނިމިއްޖެ

8q

އައްޑޫގައި ފެނަކައިގެ އިންޖީނިއަރިން ސްކޫލެއް އެޅުމަށް ނިންމައިފި

88887

ކުޅުދުއްފުށީގައި ހުއްޓިފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވެއްޖެ

66

ކެންދޫގެ އާ އިންޖީނުގެ އާއި ފެނަކަ އޮފީސް ހުޅުވައިފި