ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖޭއެސްސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

Big 8egdxyl3lkbfo6h9xzti31qse
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) — ފޮޓޯ: ޕީއެސްއެމް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ހިމެނޭ އާންމުންގެ ތެރެއިން ކަނޑައަޅާ މެންބަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

މިހާރު އެ މަގާމުގައި ހުންނެވި އާމިނަތު އުއްމުކުލްސޫމްގެ ދައުރު އަންނަ އޮގަސްޓް މަހު ހަމަވާތީ، ރައްޔިތުންގެ މަޖިލީހުން ވަނީ އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައި އިއުލާންކޮށްފައެވެ. ޖޭއެސްސީގެ މެންބަރެއްގެ ދައުރަކީ ފަސް އަހަރެވެ.

މަޖިލިސް އިދާރާ އިން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ތިންވަނަ ދުވަހުގެ 12:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށާއި މަގާމަށް ކުރިމަތިލާ ފޯމާއެކު އެ މީހެއްގެ ކުށާއި ދަރަނީގެ ރެކޯޑް ފޯމު ހުށަހަޅަންވާނެ ކަމަށެވެ.

މަގާމަށް ކުރިމަތިލާ މީހެއްގެ ޝަރުތުތައް:

  • ދިވެއްސަކަށްވުމުން / އުމުރުން 30 އަހަރުވެފައިވުން
  • އިސްލާމްދީނުގެ ހައްދެއް ކަނޑައަޅާފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުން
  • ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްުޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކަށް ނުވުން
  • ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކަށް ނުވުން

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި

majilis

ތިން ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

2 އަހަރު ވަންދެން ޑިއުޓީން، ދަރިފުޅަށް ދޭވަގުތު އިތުރުކުރަން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަނަށް ރިފްއަތު އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި