ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސީލައިފް އަތުން 49 މިލިއަން ހޯދަން ކުރި ދައުވާ އަލުން ހުށަހެޅޭ ގޮތަށް ދައުވާ އަނބުރާ ގެންގޮސްފި

Big p0ejpdozizhiivfmfqcs3epx0
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) —

ސީލައިފް އަތުން 49 މިލިއަން ހޯދަން އެޗްޑީސީން ކުރި ދައުވާ އަލުން ހުށަހެޅޭ ގޮތަށް ދައުވާ އަނބުރާ ގެންގޮސްފިއެވެ.

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް ހަދަން އެޗްޑީސީގެ ފަރާތުން ސީލައިފްއާ ހަވާލުކުރީ 13 މާޗް 2014 ގައެވެ. ނަމަވެސް ގިނަ ބައެއްގެ އަތުން ފައިސާ ނަގައި، އެ މަސައްކަތް ސީލައިފުން ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އެހެންކަމުން 2018 ގެ ޑިސެމްބަރު 24 ގައި އެޗްޑީސީން އެ އެއްބަސްވުން ބާތިލުކުރިއެވެ.

ފްލެޓްތަކުގެ ބުކިން ފީ އަދި ޑައުންޕޭމަންޓަށް މީހުން ދެއްކި ފައިސާ ނުލިބޭތީ 203 މީހަކު ސީލައިފް އާއި އެޗްޑީސީއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފައިވާ އިރު، ސީލައިފުން ވަނީ އެ ފައިސާ ދައްކަން އެއްބަސްވެފައެވެ. ނަމަވެސް އެ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައެއް ނުވެއެވެ.

ދައުވާކުރި މީހުންނާއެކު އެޗްޑީސީން ސެޓެލްމަންޓް އެއްބަސްވުމެއްގައި ސޮއިކޮށް، 46 މިލިއަން ރުފިޔާ 180 މީހަކަށް ދިނުމަށްފަހު، އެޗްޑީސީން ވަނީ އެ މީހުންނަށް އެ ކުންފުނިން ދެއްކި ފައިސާ އާއި ފައިސާ ނުދެވި ތިބި މީހުންނަށް ދޭން ޖެހޭ ފައިސާއާއި އިދާރީ ކަންކަމާއެކު ޖުމްލަ 49 މިލިއަން ރުފިޔާ ސީލައިފް އަތުން ހޯދަން ދައުވާކޮށްފައެވެ.

އެ މައްސަލަ އަލުން ހުށަހެޅުމުގެ ހައްގު ލިބޭ ގޮތަށް އެ ދައުވާ އަނބުރާ ގެންދަން އެދި އެޗްޑީސީން ކޯޓަށް ސިޓީއެެއް ފޮނުވުމުން، ސިވިލް ކޯޓުން މިދިޔަ އަންގާރަ ދުވަހު ވަނީ އެޗްޑީސީން އެދުނު ގޮތަށް ދައުވާ ބާތިލުކުރުމަށް ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސްޓެލްކޯ ފުލެޓު ސަރަހައްދުގައި ކުޑަކުދިންގެ ޕާކަކާއި އައުޓްޑޯ ޖިމެއް އެޗްޑީސީން ފަށައިފި

88887

ކުޅުދުއްފުށީގައި ހުއްޓިފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވެއްޖެ

އެޗްޑީސީން ތެލެސީމީއާ ސޮސައިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

hdc office

ބިންވެރިޔާ ސްކީމްގެ ދަށުން އޮޅުވާލައިގެން ގޯތި ހޯދަން އުޅުނު 12 މީހަކަށް ދައުވާކުރަން ފޮނުވައިފި