ކުއްލި ޚަބަރު

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

ވިނަރެސްގެ 4 ކޮމާޝަލް ޔުނިޓެއް ކުއްޔަށް ދޭން ހުޅުވާލައިފި

ވިނަ
ވިނަރެސް ފްލެޓްތައް — ފޮޓޯ: އަވަސް

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިނަރެސްގެ އެކި ބޮޑުމިނުގެ ހަތަރު ކޮމާޝަލް ޔުނިޓެއް ކުއްޔަށް ދިނުމަށް ހުޅުވާލައިފިއެވެ.

އެޗްޑީސީން މިއަދު ހާމަކުރި ގޮތުގައި، ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ޔުނިޓުތަކުގެ ތެރޭގައި

  • 755.95 އަކަފޫޓުގެ ޔުނިޓަކާއި،
  • 652.21 އަކަފޫޓުގެ ޔުނިޓަކާއި،
  • 1030.64 އަކަފޫޓުގެ ޔުނިޓެއްގެ އިތުރުން
  • 2442.33 އަކަފޫޓުގެ ޔުނިޓެއް ހިމެނެއެވެ.

މި ޔުނިޓުތަކަކީ

  • Vinares01-1-05
  • Vinares04-1-06
  • Vinares06-G-01
  • Vinares08-1-08

މި ޔުނިޓުތައް ކުއްޔަށް ދޫކުރެވޭނީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. ނަމަވެސް، މި ޔުނިޓުތަކުގައި ވަކި ބާވަތްތަކެއްގެ ވިޔަފާރިތައް ހިންގުން މަނާކޮށްފައިވާ ކަމަށް އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ. މިގޮތުން ޖިމް، ކާބޯތަކެތި ވިއްކުން އަދި ސްޕާ ހިންގުމުގެ ވިޔަފާރިތަކަށް މި ޔުނިޓުތައް ކުއްޔަށް ނުދޭނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

މި ޔުނިޓުތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ދެވަނަ ދުވަހުގެ ކުރިން ބިޑް ހުށަހަޅަންވާނެއެވެ. އަދި ކުއްޔަށް ހިފާ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ވަކި އަދަދެއްގެ ފައިސާ ބަހައްޓަން ޖެހޭނެ ކަމަށްވެސް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

401488 728dbdff 0

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

Badhuru

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

Mal

ޕާސްޕޯޓް ކާޑުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފި

TTH_advertisement