ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެއަރ އަރަބިއާއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފި

ޔޫއޭއީގެ އެއަރ އަރަބިއާއިން ރާއްޖެއަށް ކުރަމުން އަންނަ ދަތުރުތައް އިތުރުކުރުމަށް ނިންމައިފިއެވެ. ދަތުރުތައް އިތުރުކުރުމަށް ނިންމާފައިވާ ސަބަބެއްކަމަށް ބުނެފައިވަނީ ޑިމާންޑް އިތުރުވުމެވެ.

އެއަރ އަރަބިއާއިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފެށީ މިދިޔަ އޮކްޓޫބަރ 27 ގައެވެ. މިހާރު އެ އެއަރލައިނުން ރާއްޖެއަށް ކުރަމުންދަނީ ދުވާލަކު 1 ދަތުރެވެ. ނަމަވެސް އަންނަ އޮކްޓޫބަރ 27 އިން ފެށިގެން ދުވާލަކު 2 ދަތުރު ކުރުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޑެޓް، އެމްއޭސީއެލްއިން ވަނީ ވިދާޅުވެފައެވެ.

އެއަރ އަރަބިއާގެ ދަތުރުތައް ރާއްޖެއަށް ކުރާނީ ޝާރްޖާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ދެމެދުއެވެ.

އެއާ އެރޭބިއާގެ ސީއީއޯ އާދިލް އަލް އަލީ ވިދާޅުވީ، ރާއްޖެ ފަދަ ދުނިޔޭގެ މަގުބޫލު މަންޒިލަކަށް ފްލައިޓުތައް އިތުރުކުރަން ނިންމީ، ރާއްޖެއަށް ދަތުރުކުރުމަށް އޮންނަ ޑިމާންޑު އިތުރުވަމުން އަންނާތީކަމަށެވެ.

ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަޤްބޫލު މަންޒިލެކެވެ. ބައިނަލްއަޤްވާމީ ގިނަ އެއަރލައިންތަކުން ރާއްޖެއަށް ދަތުރުކުރަމުންދާއިރު ޑިމާންޑް އިތުރުވާތީ ގިނަ އެއަރލައިންތަކުން ދަނީ ދަތުރުތައް އިތުރުކުރަމުންނެވެ.

ސަރުކާރުން އަމާޒުހިފާފައިވަނީ ރާއްޖެއަށް މިއަހަރު 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. އަހަރުގެ މިހާތަނަށް ރައްޖެއަށް 1 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

akram kamaaludeen

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން އެއީ ގައުމަށް އެއްމެ ރަގަޅު ފައިދާހުރިގޮތް: އަކުރަމް

Fuvahulah atoll maldives banner

5 މިލިޔަން ގަސް ޕްރޮގްރާމުގެ ދަށުން ފުވައްމުލަކުގައި ނާސަރީއެއް

ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި، 2028ގެ މެދުތެރޭ ނިންމައިލެވޭނެ

Muizzu qasim

ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ސަބަބުން ޤައުމުގެ އަމާންކަމާއި މަސްލަހަތު ދެމެހެއްޓޭނެ: ޤާސިމް