ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެއަރ އިންޑިއާ ފްލައިޓު ވެއްޓުނު ޙާދިސާއާގުޅިގެން ރައީސް ހަމްދަރުދީ ފާޅުކޮށްފި

އެއަރ އިންޑިއާގެ ފްލައިޓު ވެއްޓުމުގެ ހިތާމަވެރި ހާދިސާއައި ގުޅިގެން ހަމްދަރުދީފާޅުކޮށް، މި އުނދަގޫ ދަނޑިވަޅުގައި އިންޑިއާ ސަރުކާރާއި ރައްޔިތުންނާއެކު ހުންނެވިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

އެއަރ އިންޑިޔާގެ މަތިންދާބޯޓު، އޭއައި 171 ފްލައިޓު އިންޑިޔާގެ ހުޅަނގު ގުޖްރާތު ސްޓޭޓްގެ އަޙްމަދްއާބާދް ކައިރިއަށް ވަނީ ވެއްޓިފައިފައެވެ. އަޙްމަދުއާބާދް ވައިގެ ބަނދަރު ކައިރީގައި އޮންނަ މޭގާނީނަގަރް ކިޔާ ސަރަޙައްދަކަށް މަތިންދާބޯޓު ވެއްޓިފައި ވަނީ، އަޙްމަދްއާބާދުގެ ވައިގެ ބަނދަރުން އުދުއްސައިލިތާ ކުޑަ ވަގުތު ކޮޅެއް ފަހުންނެވެ. މިއީ 242 އެކު ދަތުރުކުރަމުންދިޔަ ފްލައިޓެކެވެ.

އެއަރ އިންޑިއާ ފްލައިޓު ވެއްޓުމާއި ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހާދިސާ ހިނގުމާއި ގުޅިގެން ހަމްދަރުދީ ފާޅުކުރައްވާފައެވެ. އަދި މި އުނދަގޫ ދަނޑިވަޅުގައި އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނާއެކު ހުންނެވިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވެއްޓުނު މަތިންދާބޯޓަކީ ބޯއިންގ 787-800 ޑްރީމްލައިނަރ މަރުކާގެ ޒަމާނީ އުޅަނދެކެވެ. އެ މަތިންދާބޯޓު ވެއްޓުނު ހާދިސާއާ ގުޅިގެން ގުޖްރާތުގެ ވައިގެ ސަރަޙައްދު ބަންދުކޮށް އަޙްމަދުއާބާދް ވައިގެ ބަނދަރުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

akram kamaaludeen

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން އެއީ ގައުމަށް އެއްމެ ރަގަޅު ފައިދާހުރިގޮތް: އަކުރަމް

Fuvahulah atoll maldives banner

5 މިލިޔަން ގަސް ޕްރޮގްރާމުގެ ދަށުން ފުވައްމުލަކުގައި ނާސަރީއެއް

ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި، 2028ގެ މެދުތެރޭ ނިންމައިލެވޭނެ

Muizzu qasim

ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ސަބަބުން ޤައުމުގެ އަމާންކަމާއި މަސްލަހަތު ދެމެހެއްޓޭނެ: ޤާސިމް