ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހައްޖުވެރިން އެނބުރި އައުމަށްފަހު މަދުވެގެން ދެ ހަފުތާ ވަންދެން ބޮޑެތި އެއްވުންތައް ބޭއްވުމުން ދުރުހެލިވާންޖެހޭ: ޑރ. އިޔާޒު

ޓްރީޓޮޕްގެ އެސިސްޓެންޓް މެޑިކަލް ޑިރެކްޓަރު، ކޮންސަލްޓެންޓް ފެމިލީ މެޑިސިން، ޑރ. އިބްރާހީމް އިޔާޒު ވިދާޅުވީ، ހައްޖުވެރިން އެނބުރި އައުމަށްފަހު މަދުވެގެން ދެ ހަފުތާ ވަންދެން ބޮޑެތި އެއްވުންތައް ބޭއްވުމުން ދުރުހެލިވާންޖެހޭކަމަށެވެ. ޚާއްސަގޮތެއްގައި ފުރަތަމަ ހަފުތާގައި ގިނަ މީހުން އަދި ބަލިމީހުން ގެނެސްގެން އެއްވުންތައް ބޭއްވުމަކީ ޞިއްޙީގޮތުން ރައްކާތެރިކަމެއްނޫންކަން ޑރ. އިޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރޯގާގެ އަލާމާތްތައް ހުރި މީހުން މާސްކު އެޅިނަމަވެސް މީހުން ގިނަ ތަންތަނަށް ނުދިއުމަށާއި، ކުދިންގެ ކިބައިން ރޯގާގެ އަލާމާތްތައް ފެނިއްޖެނަމަ ސްކޫލަށް ނުފޮނުވުމަށްވެސް ޑރ. އިޔާޒު އިލްތިމާސްކުރެއްވިއެވެ. މިއީ ރޯގާ އިތުރަށް ފެތުރުން ހުއްޓުވުމަށް ވަރަށް މުހިންމު ފިޔަވަޅުތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.

ޙައްޖުގެ އަޅުކަމަށް މިއަހަރު ސަޢޫދީ ޢަރަބިއްޔާއަށް ދިޔަ ދިވެހިން މިމަހުގެ 13 ވާ ހުކުރު ދުވަހުން ފެށިގެން އެނބުރި ރާއްޖެ އަންނަން ފަށާނެއެވެ. ޙައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 4 ދުވަހެއްގެ މަތިން 4 ފްލައިޓެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

tree top

ރޯދަ މަހު ޓްރީ ޓޮޕުން ހިދުމަތްދޭނެ ގަޑިތައް ކަނޑައަޅައިފި

ޓްރީ ޓޮޕް ގައި IMERC 2025 ގެ ޕްރީ-ކޮންފަރެންސް ވޯކްޝޮޕްތައް ބާއްވައިފި

tree top

ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރެއްދޫ ރިސޯޓުގައި ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

މ. މުލީގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޚާއްސަ ހެލްތް ކޭމްޕް ބާއްވަނީ