ކުއްލި ޚަބަރު

ފުވައްމުލަކުގައި ރޭ ހިނގި އެކްސިޑެންޓެއްގައި 17 އަހަރުގެ ޒުވާނަކު މަރުވެއްޖެ

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

މުރައިދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން އެމްޓީީސީސީއާ ހަވާލުކޮށްފި

ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝުގައި މިސްކިތެއް އަޅަނީ، ބޭނުންވާ ފައިސާ ހަމަވެއްޖެ

ދިވެހިރާއްޖޭގަައި ދީނީ ދައުވަތު ފެތުރުއްވުމުގައި މުހިއްމު މަސައްކަތްތަކެއް ކުރެއްވި ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދުގެ ހަނދާނުގައި ބަންގުލަދޭޝުގައި މިސްކިތެއް އެޅުމަށް ބޭނުންވާ ފައިސާ ހަމަވެއްޖެއެވެ.

މި މިސްކިތް އެޅުމަށް ނިންމީ ޝައިޚުގެ ހަޔާތްޕުޅުގައި އެ ޖަމްއިއްޔާއަކާއެކު ސަދަގާތުގެ މަސައްކަތްކުރެއްވި ޚައިރީ ޖަމްއިއްޔާ ޚިދުމަތް ޖަމްއިއްޔާއިންނެވެ. އެ ޖަމްއިއްޔާއިންވަނީ ޝައިޚުގެ ހަނދާނުގައި ބަންގުލަދޭޝްގައި މިސްކިތެއް އެޅުމަށް ނިންމައި، އެ މިސްކިތް އެޅުމަށް އެހީތެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އެ ޖަމްއިއްޔާއިން މައުލޫމާތު ދިން ގޮތުގައި ބަންގުލަދޭޝްގައި އެ ޖަމްއިއްޔާއިން އަޅަން ނިންމާފައިވާ މިސްކިތަކީ 250 އަކަމީޓަރުގެ ބޮޑު، އެއްފަހަރާ 455 މީހުންނަށް ނަމާދުކުރެވޭނެ ޖާގަައިގެ މިސްކިތެކެވެ. އެ މިސްކިތް އެޅުމަށް 760،000 ރުފިޔާ ހަރަދުވާނެ ކަމުގައި އެޖަމްއިއްޔާއިން އަންދާޒާކުރެއެވެ.

މިއަދު މެންދުރެއްހައިއިރު އެ ޖަމްއިއްޔާއިން އިއުލާނުކުރި ގޮތުގައި މިސްކިތް އެޅުމަށް ބޭނުންވާ ފައިސާ މިހާރުވަނީ ހަމައަށް ލިބިފައެވެ. އަދި އެ މަސައްކަތްކުރުމަށް ފައިސާގެ އެހީތެރިކަން ދިން ފަރާތްތަކަށް އެ ޖަމްއިއްޔާއިން ޝުކުރު އަދާކުރިއެވެ.

ޝައިޚް އިބްރާހީމް ފަރީދަކީ ރާއްޖޭގައި ދީނުގެ އިލްމު ފެތުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިކޮށްފައި އޮތް ދުވަސްވަރެއްގައި ނުކުމެވަޑައިގެން ފާޅުގައި ދީނުގެ ދައުވަތު ދެއްވަން ފެއްޓެވި މަދު އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. އެ މަސައްކަތްޕުޅުގެ ތެރެއިން އެތައް ފަހަަރަކު ބަންދުކުރެވި ޖަަލަށްވެސް ޝެއިޚު ގެންދެވުނެވެ.

އަދި ރާއްޖޭގައި ސިޔާސީ އިސްލާހީ މަސައްކަތްތައް ފެށިގެންއައި ވަގުތު އެ މަސައްކަތުގެ ކުރީ ސަފުގައިވެސް ޝައިޚު ހަރަކާތްތެރިވެވަޑައިގަތެވެ. އެގޮތުން އިދިކޮޅު އެމްޑީޕީ އުފެދުނުއިރު އެ ޕާޓީގެ ދީނީ މަޝްވަރާ މަޖިލީހުގެ ރައީސްކަމުގައި ޝައިޚް ހުންނެވިއެވެ.

އެ ޕާޓީގެ ފުރަތަމަ ވެރިކަމުގައި ދީނާ ޚިލާފު ސިޔާސަތުތަކެއް ގެންގުޅޭތީ އެކަމާމެދު ހިތްޕުޅުހަމަޖެހިވަޑައިނުގެން ޝައިޚް ފަރީދުވަނީ އެ ޕާޓީ ދޫކުރައްވައި ނިކުމެވަޑައިގެންފައެވެ. އޭގެ ފަހުން ސިޔާސީ މަސައްކަތްޕުޅުގައި އެއްވެސް މިންވަރަކަށް ޝައިޚް ނޫޅުއްވައެވެ.

ޝައިޚުގެ ހަޔާތްޕުޅުގެ ބާކީ ބައި ހޭދަކުރެއްވީ ދީނީ ދައުވަތު ދެއްވުމާއި، ހެޔޮ ފޯރުވުމުގެ ގޮތުން ޚައިރީ (ޗެރިޓީ) މަސައްކަތްތައް ކުރެއްވުމުގައެވެ. އެކަމަށްޓަކައި ޚިދުމަތް ޖަމްއިއްޔާގައި އިސްދައުރެއް އަދާކުރެއްވިއެވެ. ޝައިޚް ފަރީދުގެ ދީނީ ދަރުސްތަކަކީ ގިނަ ބައެއްގެ ޝައުގުވެރިކަން އަބަދުވެސް ލިބުނު ދަރުސްތަކެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އޭގެ އިތުރަށް ޝައިޚް ފަރީދަކީ ވަރަށް ރީތިކޮށް ކީރިތި ޤުރުއާން ކިޔަވައިވިދާޅުވި ޤާރީއެކެވެ.

ޝައިޚް ފަރީދު ތައުލީމު ހާސިލުކުރެއްވީ މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާއާއި ޤަޠަރު ޔުނިވާސިޓީންނެވެ. ޝަރީޢަތާއި ޤާނޫނުގެ ރޮނގުން ކިޔަވަައިވިދާޅުވި ޝައިޚް ފަރީދުވަނީ މަޢުހަދުގައި ޤާނޫނީ އަދި ޝަރުޢީ މާއްދާތައް ކިޔަވައިދެއްވާފަައެވެ.

މިއަދު މެލޭޝިޔާގައި ޝައިޚުގެ މައްޗަށް ކަށުނަމާދުކޮށްފައިވާއިރު އަންނަ ހުކުރުދުވަހު ހުކުރު ނަމާދަށްފަހު ރާއްޖޭގައި ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ޝައިޚު ފަރީދުގެ މައްޗަށް ޣައިބަށް ކަަށުނަމާދުކުރުމަށް މިހާރުވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Main 20250806 125638

އުއްތަމަފަނޑިޔާރުގެ މަޤާމަށް ޢަބްދުލްޣަނީ އައްޔަންކުރައްވައިފި

Fuvahulah atoll maldives banner

ފުވައްމުލަކުގައި ރޭ ހިނގި އެކްސިޑެންޓެއްގައި 17 އަހަރުގެ ޒުވާނަކު މަރުވެއްޖެ

މަސައްކަތްކުރާ ގައިދީންނަށް ދޭ އެލަވަންސް 25 އަހަރަށްފަހު ބޮޑުކޮށްފި

Olimpic

ދަ ފީނިކްސް އޮފް ޢައްޒާ ގެ ފުރަތަމަ ޝޯ އޮލިމްޕަސް ސިނަމާގައި އަޅުވައިފި

ELL Mobile Advertisement TTH_advertisement