ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ފަހިކޮށް އޮތް މާހައުލު ނައްތާލާނަން: އިޙްސާން

Ihsaan

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ފަހިކޮށް އޮތް މާހައުލު ނައްތާލައި އެފަރާތްތަކާ ޤާނޫނު ދަނީ އަރާހަމަކުރަމުން ކަމަށް ހޯމް ލޭންޑް އެންޑް ސެކިއުރިޓީ ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިޙްސާން މިރޭ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މޯލްޑިވްސް ކަސްޓަމްސް ⁦‬⁩ އިން މިރޭ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައިވަނީ 18 ކިލޯގްރާމްގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަތުމާއި ގުޅިގެން ކުރެއްވި ޕޯސްޓެއްގަ އެވެ.

މިތަކެތީގެ މަގުމަތީގެ އަގަކީ ގާތްގަނޑަކަށް 26 މިލިއަން ދިވެހި ރުފިޔާ އެވެ.

މިނިސްޓަރު ވަނީ ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިރުޝާދުތަކާއި އެއްގޮތަށް ރާއްޖޭގެ ބޯޑަރު ފުރިހަމަޔަށް ބެލެހެޓުމަށް ކަސްޓަމްސްގެ މުވައްޒަފުން ކުރައްވާ އަގުހުރި ބުރަ މަސައްކަތަށް ޝުކުރުދަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

އަދި ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާފަރާތްތަކަށް ފަހިކޮށް އޮތް މާހައުލު ނައްތާލައި އެފަރާތްތަކާ ޤާނޫނު ދަނީ އަރާހަމަކުރަމުން ކަމަށެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ހައްޔަރުކޮށް މި ދައުރުތެރޭ މަަސްތުވާތަކެތީގެ މައްސަލަ ހައްލުކުރައްވާނެ ކަމުގެ ޔަޤީންކަން މިނިސްޓަރު ވަނީ ދެއްވާފަ އެވެ.

މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން އެހެން ވިޔަފާރިތަކުގެ ފަހަތުގައި ފިލާ ތިބުމުގެ ފުރުސަތު ދެން ނުދޭނެ ކަމަށެވެ. އެފަދަ މީހުން ހޯދާ ހައްޔަރުކޮށް އެ ވިޔަފާރިތައް ވެސް ހުއްޓުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވާ އެ ތަކެތި ދައުރުވުން ހުއްޓުވުމަށް ވެސް މިދިޔަ 18 މަސް ދުވަހު ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ.

އެ ގޮތުން މިދިޔަ 18 މަސް ދުވަސްތެރޭ 700 ކިލޯ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަން ފާހަގަ ކުރެއްވި އެވެ. އެއީ މަގުމަތީ އަގުން ބަލާނަމަ 1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި އެކި ރަށްތަކަށް އެރުވުމަށް މަސައްކަތް ކުރި 9,000 ވުރެ ގިނަ ރާފުޅި އަތުލައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ޕޯސްޓް މެދުވެރިކޮށާއި ވައިގެ މަގުން މަސްތުވާތަކެތި އެތެރެވުން ހުއްޓުވަން ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ ކަނޑުގެ މަގުން މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތް އެހެން ހަރުފަތަކަށް ގެންދިއުމަށް ކޮންޓެއިނާ ސްކޭނަރެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

customs

ޑިއުޓީ މައާފުކޮށް އެތެރެކުރި އުޅަނދުތައް ގަވާއިދާ ހިލާފަށް ބޭނުންކުރާނަމަ ފިޔަވަޅު އަޅާނެ: ކަސްޓަމްސް

customs

އަގު ކަނޑައެޅުމުގައި އަސާސީ އުސޫލަކީ އެ މުދަލެއްގެ މުޢާމަލާތުގެ އަގު: ކަސްޓަމްސް

ތިރީސް މިލިއަނަށްވުރެ އަގުހުރި ހަޝީޝް އޮއިލް އަތުލައިގަނެފި

customs

މުދާ ކްލިއާކުރުން 24 ގަޑިއިރަށް ބަދަލުކޮށްފި

TTH_advertisement