ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސައްކަތްކުރާނީ އުސޫލުތައް ނަގަހައްޓައި ނަޒާހަތްތެރިއެއްގެ ގޮތުގައި: ނަވީން

403840 5202fef4 7

މަސައްކަތް ކުރާނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އުސޫލުތައް ނަގަހައްޓައި ނަޒާހަތްތެރިކަމާއެކު ޒިންމާ އަދާކުރެއްވުމަށް ކަމަށް، މިއަދު ޕޮލިސް ކޮމިޝަނަރު ކަމާ ހަވާލުވެވަޑައިގަތް އިސްމާއީލް ނަވީން ވިދާޅުވެއްޖެއެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ނަވީން ވިދާޅުވީ ގިނަ ބައެއްގެ ފަރާތުން މަރުހަބާގެ މެސެޖުތައް ލިބިފައި ވާތީ އުފާކުރައްވާކަމަށެވެ.

“މަސައްކަތް ކުރާނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އުސޫލުތައް ނަގަހައްޓައި ނަޒާހާތްތެރިކަމާއެކު ފުލުހުންގެ ޒިންމާ އަދާކުރުމަށް،” ނަވީން ވިދާޅުވިއެވެ.

އާ ޕޮލިސް ކޮމިޝަނަރގެ މަގާމަށް ނަވީން އައްޔަން ކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި ޢަލީ ޝުޖާޢު އެޕްެރީލް 25 ވަނަ ދުވަހު އިސްތިޢުފާ ދެއްވުމުންނެވެ. ޝުޖާޢު އިސްތިޢުފާ ދެއްވުމުން ޕޮލިސް ސާވިސް ވަގުތީ ގޮތުން ހިންގެވީ ވެސް ނަވީން އެވެ.

 

ޝުޖާއު އިސްތިއުފާ ދެއްވުމުން އެންމެ ފުރަތަމަ އެކްޓިން ކޮމިޝަނަރަކަށް އައްޔަން ކުރެއްވީ ފަރުހާދު ފިކުރީއެވެ. ނަމަވެސް, އޭގެ ގަޑިއިރެއް ފަހުން ވަނީ އޭނާގެ އަތުން މަގާމު ނަގައި އެ މަގާމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އައްޔަން ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ii

ސީޕީ ނަވީން ގަތަރުގެ އިންޓަޕޯލް އެންސީބީގެ އިސްވެރިޔާއާ ބައްދަލުކުރައްވައިފި

Mal

އަންހެން ފުލުހުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަން ނުކުރެވޭހާ ބޮޑު: ސީޕީ ނަވީން

Nav

ރައްޔިތަކު ފުލުހެއްގެ ކިބައިން އެހީއަކަށް އެދޭހިނދު ދިއްކޮށްލެވެނީ އިޚްލާސްތެރި އަތަކަށް ވާނެޖެހޭނެ: ސީޕީ ނަވީން