ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ސަލީމާއި ހަމީދަށް ރުހުން ދިނުން މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

saleem-hameed
ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު —

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުންގެ ދެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރުމަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ސަލީމާއި ހަމީދު އައްޔަންކުރުމަށް ޖުޑީޝަރީ ކޮމިޓީން ދިރާސާކުރުމަަށްފަހު ނިންމާފައިވަނީ އެ ދެ ބޭފުޅުން އައްޔަންކުރަން ފެންނަ ކަމަށެވެ. އެގޮތަށް ކޮމިޓީން ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ސަލީމާއި ހަމީދު އައްޔަންކުރެއްވުމަށް މަޖިލީހަށް ނަން ފޮނުއްވާފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެގޮތަށް ލަފާދީފައިވާތީއެވެ. ރައީސް އެ ދެ ބޭފުޅުންގެ ނަން ހުށަހެއްޅުއްވީ މިމަހުގެ ދެވަނަ ދުވަހުއެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ ގޮނޑި ހުސްވެފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު އެ މަގާމުން ވަކިކުރުމުންނެވެ. މަޖިލީހުން އެ ދެ ބޭފުޅުން ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރީ މިިދިޔަ މަހުގެ 14 ގައެވެ.

އަޒްމިރަލްދާ އާއި މަހާޒް، ފަނޑިޔާރުކަމުން ވަކިކުރީ އަޒްމިރަލްދާގެ ފިރިކަލުން މައްސަލައެއްގައި ޑރ. އިސްމާއީލް ލަތީފް ހައްޔަރުކުރުމުން، އޭނާ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރި މައްސަލައިގައި އަޒްމިރަލްދާ އާއި މަހާޒް ކުރިމިނަލް ކޯޓުގެ ގާޒީ ޞައްފަތު ހަބީބް މެދުވެރިކޮށް، ބަންދާ މެދު ގޮތެއް ނިންމެވި ގާޒީ އިބްރާހީމް ޒިހުނީއަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ސާބިތުވާކަމަށް ޖޭއެސްސީން ނިންމައި، އެ މައްސަލަ މަޖިލީހަށް ފޮނުވުމުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ދެ މަގާމަށް 12 ބޭފުޅަކު ކުރިމަތިލެއްވިއެވެ. އެ ބޭފުޅުންނާ ޖޭއެސްސީން ކުރި އިންޓަވިއުގައި އެންމެ ގިނައިން މާކްސް ދިނީ ސަލީމާއި ހަމީދަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި

majilis

ތިން ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

2 އަހަރު ވަންދެން ޑިއުޓީން، ދަރިފުޅަށް ދޭވަގުތު އިތުރުކުރަން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަނަށް ރިފްއަތު އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި