ކުއްލި ޚަބަރު

އީރާނުގެ ރައްދު ހަމަލާ: ތަލްއަވީވުގައި ދިފާއީ ވުޒާރާ އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް

މާފުށި ކައިރިން ފީނަން ފޭބި ފަހުން ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

އީރާނުން ދޭނޭ ރައްދު ހަމަލާތަކަށް ބިރުން ނަތަންޔާހޫ އިސްރާއީލުން ބޭރުވެ، ފިލައިފި

އޮޕަރޭޝަން ޑޮކްޓަރުންގެ ހާއްސަ ޓީމެއް ކުޅުދުއްފުއްޓަށް

krh
ކުޅުދުއްފުށީގައި ބާއްވާ ހެލްތު ކޭމްޕްގައި ބައިވެރިވާ ޑޮކްޓަރުންގެ ޓީމު —

އޮޕަރޭޝަން ޑޮކްޓަރުންގެ ހާއްސަ ޓީމަކާއެކު ކުޅުދުއްފުށި ސިޓީގައި ހެލްތު ކޭމްޕެއް ބޭއްވުމަށް ނިންމައިފިއެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ބުނީ ސިއްހީ ވުޒާރާ އާއި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް ގުޅިގެން އެ ހެލްތު ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް ކަމަށާއި އެ ކޭމްޕުގައި އަށް ޑޮކްޓަރުން ބައިވެރިވާނެ ކަމަށެވެ.

ހެލްތު ކޭމްޕުގައި ބައިވެރިވާ އޮޕަރޭޝަން ޑޮކްޓަރުންގެ ޓީމު:

  • ޑރ. އަބްދުﷲ އުބައިދު – ސީނިއާ ކޮންސަލްޓަންޓް އިން ސާޖަރީ، ލެޕަރޮސްކޯޕިކް ސާޖަން
  • ޑރ. މުހައްމަދު ޝިފާން – ސީނިއާ ކޮންސަލްޓަންޓް ސަބްސްޕެޝަލިސްޓް އިން އޮންކޯ ސާޖަރީ
  • ޑރ. އައްސަދު ޝަހީދު – ކޮންސަލްޓަންޓް އިން އެނެސްތެސިއޮލޮޖީ ޕެއިން މެނޭޖްމަންޓް ސްޕެޝަލިސްޓް
  • ޑރ. މުހައްމަދު ވަހީދު – ކޮންސަލްޓަންޓް ސަބް ސްޕެޝަލިސްޓް އިން ޕްލާސްޓިކް ސާޖަރީ، ރީކޮންސްޓްރަކްޝަން ސާޖަރީ އެންޑްވާންސްޑް ވައުންޑް ކެއާ ސްޕެޝަލިސްޓް
  • ޑރ. އާއިޝަތު އަޒްނާ – ކޮންސަލްޓަންޓް ސަބްސްޕެޝަލިސްޓް އިން ސާޖިކަލް ގޭސްޓްރޮއެންޓެރޮލޮޖީ އެންޑް ބެރިއެޓްރިކް ސާޖަރީ
  • ޑރ. އިބްރާހިމް މިސްބާހު – ކޮންސަލްޓަންޓް ސަބްސްޕެޝަލިސްޓް އިން ޔޫރޮލޮޖީ
  • ޑރ. މުހައްމަދު ޝަރީފް – ސީނިއާ ކޮންސަލްޓަންޓް އިން ސާޖަރީ ލެޕްރަސްކޮޕިކް ސާޖަން
  • ޑރ. އަލީ އާފީ – ކޮންސަލްޓަންޓް ސަބްސްޕެޝަލިސްޓް އިން ނިއުރޮލޮޖީ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކުރިއަށްގެންދާ އެ ހެލްތު ކޭމްޕްގައި ކަފާލައިގެން (އޯޕަން) އަދި ލޯވަޅުއަޅައިގެން (ލެޕްރަސްކޯޕިކް) ކޮށް އޮޕަރޭޝަން ކުރުމާއި، ފަސޭހަނުވެ ގިނަ ދުވަސްވެފައި ހުންނަ ފާރުގަނޑުތަކަށް ފަރުވާ ދިނުމާއި، ޕްލާސްޓިކް ސާޖަރީގެ ހިދުމަތާއި، ކެންސަރުބަލީގެ އޮޕަރޭޝަންގެ ހާއްސަ ޑޮކްޓަރުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވެއެވެ.

އޭގެ އިތުރުން ބަރުދަން ލުއި ކުރުމާއި ގޮހޮރުގެ ބަލިތަކުގެ (ބެރިއޭޓްރިކް) އޮޕަރޭޝަންތަކުގެ ޑޮކްޓަރުގެ ހިދުމަތާއި ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރު އަދި ނާރުގެ ބަލިތަކުގެ އޮޕަރޭޝަން (ނިއުރޯ ސާޖަރީ) ގެ ޑޮކްޓަރުގެ ހިދުމަތާއި ނުފިލާ ހުންނަ ތަދުތަކަށް ފަރުވާ ދިނުމާއި، އެ ޑޮކްޓަރުން އޯޕީޑީ ގައި ބަލިމީހުން ބެއްލެވުން އަދި ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް ތަފާތު ތަމްރީނުތަކާއި ކްލާސްތައް ހިންގުމަށް ވެސް ހަމަޖެހިފައިވެއެވެ.

އެ ކޭމްޕުގައި ޑޮކްޓަރަށް ދެއްކުމަށް ނުވަތަ އޮޕަރޭޝަން ކުރުމަށް ބޭނުންވާ މީހުންނަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ނަންބަރު 6528864 އަށް ގުޅައިގެން ނުވަތަ އެ ހޮސްޕިޓަލުގެ ޕޭޝަންޓް ޕޯޓަލް https://krh.gov.mv މެދުވެރިކޮށް ނަންނޯޓު ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ޓްރީ ޓޮޕް ހޮސްޕިޓަލާއި އިންޑިއަން ހައި ކޮމިޝަންގެ ފަރާތުން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފި

އިންވޭސިވް މެނިންގޯކޮކަލް ޖެހުނު މީހާއާ ދިމާވި އެއްވެސް މީހެއްގެ ކިބައިން ބަލީގެ އަލާމާތެއް ނުފެނޭ: އެޗްޕީއޭ

ޑރ. މަޖީދު ބަޔަކު ވަނީ ޝަހީދުކޮށްލާފައި: ޝައިޚް އިމްރާން

Focusarea=100110000

އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް މޫސުން ގޯސްވާނެ: މެޓް

ELL Mobile Advertisement TTH_advertisement