ކުއްލި ޚަބަރު

އެމްޕީއެލްގެ 80 މުވައްޒަފުން ސޭފްޓީ ޓްރޭނިން ޕްރޮގްރާމް ފުރިހަމަކޮށްފި

ސަފީރު ކަމުގެ ފަތްކޮޅު މަސްއޫދު މޮރިޝަސްގެ ރައީސަށް އަރުވައިފި

މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީގައި ޔޫއްޕެ ބައިވެރިވަނީ

“ކޮންމެ ކުއްޖަކަށް ޢާއިލާއެއް” ޕްރޮގްރާމުގެ ދަށުން 75 ކުދިން ޢާއިލާތަކާ ޙަވާލުކޮށްފިން: ޑރ. އައިޝަތު ޝިހާމް

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެފައިވާ ގޮތުގައި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 75 ކުދިން ޢާއިލާތަކާ ޙަވާލުކުރެވިފައިވެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ހާމަކުރެއްވި ގޮތުގައި، މިވަގުތު ދައުލަތުގެ ބެލުމުގެ ދަށުގައި 160 އަށްވުރެ ގިނަ ކުދިން ތިބިއިރު، “ކޮންމެ ކުއްޖަކަށް ޢާއިލާއެއް” ޕްރޮގްރާމުގެ ދަށުން 75 ކުދިން ޢާއިލާތަކާ ޙަވާލުކުރެވިފައިވެއެވެ.

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަކީ ވެލްފެއަރ ސެންޓަރުތަކުން ނިކުންނައިރު އަމިއްލަ ފައިމައްޗަށް ތެދުވެވޭ، އަދި މުޖުތަމަޢަށް ޚިދުމަތްތެރި ބަޔަކަށް ހެދުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދެއެވެ. މިގޮތުން، އެ ކުދިންނަށް ބޭނުންވާ ތަމްރީނުތަކާއި ހުނަރުތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އެމްޕަވަރމަންޓް އެންޑް އެމްޕްލޯއިމަންޓްގެ ނަމުގައި ވަކި ޑިޕާޓްމަންޓެއް އުފައްދާފައިވާކަން ފާހަގަކުރައްވަމުން، ވަޒީރު ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން 14 އަހަރުވުމުން، އެ ކުދިން ބޭނުންވާ ދާއިރާތަކުން ތަމްރީނުތައް ފޯރުކޮށްދެވޭ ކަމަށެވެ. އަދި 18 އަހަރު ވުމުގެ ކުރިން އެ ކުދިންނަށް ސެޓްފިކެޓް ލިބޭނެ ގޮތަށް ކަންކަން އިންތިޒާމުކުރެވިފައިވާ ކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

“ޝާމިލް 2025” ހަރަކާތްތައް ފަށައިފި

Original 1718726263131

ޤައުމީ ޚިދުމަތުގައި އަންހެނުންގެ އަގުވަޒަންކުރާ ރެހެންދި އެވޯޑް އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

Wsqa

އުޞޫލާ ޚިލާފަށް އެއްވެސް މުވައްޒަފަކާމެދު އަމަލުކޮށްފައި ނުވާނެ: ވަޒީރު އައިޝަތު ޝިހާމް

TTH_advertisement