ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣައްޒާއަށް އެހީ ހިފައިގެން ދިޔަ ބޯޓު އިސްރާއީލުން ހިފަހައްޓައިފި

އިންސާނީ އެހީއާއެކު ޣައްޒާއަށް ދަތުރު ފެށި ބައިނަލްއަގްވާމީ އެކްޓިވިސްޓުންގެ ޖަމާއަތެއް ކަމަށްވާ ފްރީޑަމް ފްލޮޓިލާ ކޯލިޝަންގެ މަޑްލީން އުޅަނދު އިސްރާއީލުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިސްރާއީލުން ކަށަވަރުކޮށްދީފައިވާ ގޮތުގައި މަޑްލީން ނަމަކަށް ކިޔާ އެ ބޯޓަށް އިސްރާއީލުގެ ކަނޑުގެ ސިފައިން އަރާ، މި ބޯޓު ވަނީ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި ބޯޓު އިސްރާއީލުގެ ބެލުމުގެ ދަަަށަށް ގެންގޮސްފައި ވަނީ ޣައްޒާއާ 100 މޭލު ކައިރިއަށް ދަތުރުކޮށްފައި ވަނިކޮށެވެ. އިސްރާއީލުގެ 4 އުޅަނދެއް މި ބޯޓު ކައިރިއަށް އައިސްފައި ވަނީ ރާއްޖެ ގަޑިން ރޭ ދަންވަރު 3:00 ގައި ކަމަަށެވެ. އަދި ދެ ޑްރޯން އެ ސަރަހައްދަށް ގޮސް ހުދު ކުލައިގެ “އެއްޗެއް” ބޯޓުގައި ތިބި މީހުންނާ ދިމާލަށް ސްޕްރޭ ކުރި ކަމަށްވެސް ބުނެފައި ވެއެވެ.

އޭގެ ފަހުން ބޯޓަށް އަރާ، އޭގައި ތިބި މީހުން އިސްރާއީލުގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން ވަނީ “ސެލެބްރިޓީންގެ” “ސެލްފީ ޔޮޓް” ސަލާމަތުން އިސްރާއީލުގެ އައްސޭރިފަށަށް ދަތުރު ކުރަމުން އަންނަ ކަމަށް ބުނެފައެވެ. އެ ބޯޓު ގެންދަނީ އަޝްކަލަން ބަނދަރަށެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި އެ ވުޒާރާއިން ބުނެފައިވަނީ ބޯޓުގައި ތިބި “ގްރޭޓާ އާއި އެހެނިހެން ފަރާތްތަކުން” “މީޑިއާގެ ސަމާލުކަން ހޯދަމުންދާ ކަމަށާއި އޭގެ ހަމައެކަނި ބޭނުމަކީ “ޕަބްލިސިޓީ ހޯދުން” ކަމަށެވެ. އަދި ފާއިތުވި ދެ ހަފުތާގެ ތެރޭގައި ޣައްޒާއަށް އެކަށީގެންވާ މިންވަރަށް އެހީ ލިބިފައިވާ ކަމަށްވެސް ބުނެފައެވެ. ނަމަވެސްމި އެހީގެ ތަކެތި އެންމެ ބޭނުންވާ މީހުންނަށް ލިބޭނެ ގޮތް ވަނީ ނުވެފައެވެ.

އެ ވުޒާރާއިން ބުނެފައި ވަނީ ބޯޓުގައި އެކްޓިވިސްޓުން ޑީޕޯޓްކޮށް، އެ މީހުންގެ އެހީތައް ޣައްޒާއަށް ފޮނުވާނެ ކަމަށެވެ.

އިސްރާއީލު ސިފައިން ވަނީ ޣައްޒާ ދިގު މުއްދަތަކަށް ބަންދުކޮށްފައި އޮތުމަށްފަހު ބައެއް ކާބޯތަކެތި ޣައްޒާއަށް ވެއްދުމަށް ހުއްދަ ދީފައެވެ. ނަމަވެސް އެހީ ހޯދަން ދާ ފަލަސްތީނުގެ ރައްޔިތުންނަަށް އަމާޒުކޮށް ތަކުރާރުކޮށް ބަޑީގެ ހަމަލާތަކެއް ދަނީ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ޣައްޒާގައި ދިވެހީންގެ އެހީގައި ބިނާކުރި އިތުރު ވަގުތީ މިސްކިތެއް ހުޅުވައިފި

އެމެރިކާގެ ރައީސް ޓްރަމްޕް އުފެއްދި “ބޯޑް އޮފް ޕީސް” އިފްތިތާހް ކޮށްފި

ރަމަޟާން މަހަށް ގުދުސްއާއި، އަގްސާ މިސްކިތް ޒީނަތްތެރިކުރުން މަނާކޮށް، އެތައް ބަޔަކު މިސްކިތަށް ނުވަންނަން އަންގައިފި

ޣައްޒާއިން މިއަދުވެސް 10 މީހުން ޝަހީދުކޮށްލައިފި، ގަތުލުއާންމު ނުހުއްޓޭ، އެއްބަސްވުމެއްގެ ބޭނުމެއްނެތް: ހަމާސް