ކުއްލި ޚަބަރު

އީރާނުގެ ރައްދު ހަމަލާ: ތަލްއަވީވުގައި ދިފާއީ ވުޒާރާ އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް

މާފުށި ކައިރިން ފީނަން ފޭބި ފަހުން ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

އީރާނުން ދޭނޭ ރައްދު ހަމަލާތަކަށް ބިރުން ނަތަންޔާހޫ އިސްރާއީލުން ބޭރުވެ، ފިލައިފި

އަމާޒަކީ މިދައުރު ނިމޭއިރު ދިވެހީންގެ ތަރިކައިގެ ދާއިރާއެއް އުފެދިގެންދިއުން: އާދަމް ނަޞީރު

ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެފައިވާ ގޮތުގައި، އަންނަ 5 އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގައި ތަރިކައިގެ ދާއިރާއެއް އުފެއްދުމަކީ އެމަނިކުފާނުގެ އަމާޒެކެވެ. މިކަން ހާސިލުކުރުމަށްޓަކައި ވުޒާރާއިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވަޒީރު ފާހަގަކުރައްވާފައިވެއެވެ. ވަޒީރު ވިދާޅުވެފައިވަނީ، ތަރިކައިގެ ދާއިރާއެއް އުފެއްދުމުގެ މަޤްޞަދަކީ ދިވެހި ސަޤާފަތާއި ތަރިކައިގެ ޙަޤީޤީ މާނަ ދޭހަކޮށްދިނުމެވެ. އަދި ތަރިކައިގެ ގޮތުގައި ބެލެވޭ އަދި ނުބެލެވޭ ތަކެތި ވަކިކޮށް ދެނެގަތުމެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދިވެހިބަހަކީ ދިވެހީންނަށް ލިބިފައިވާ އެންމެ އަގުހުރި ތަރިކައެވެ. އަދި މީގެ އިތުރުންވެސް ދިވެހީންނަށް ލިބިފައިވާ ގިނަގުނަ ތަރިކަތަކެއް ވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ސަބަބަށްޓަކައި، ކޮންމެ ރަށެއްގައިވެސް ތަރިކަ ރައްކާތެރިކުރުމަށް މަސައްކަތްކުރާނެ ޖަމާޢަތެއް އޮތުމަކީ މުހިންމު ކަމެއްކަމަށް ވަޒީރު ދެކެވަޑައިގަންނަވައެވެ.

ތަރިކައިގެ ދާއިރާއެއް އުފެއްދުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މިކަމުގެ ސަބަބުން ތަރިކައާ ގުޅޭ މަޢުލޫމާތު އާންމުވެ، ޒުވާން ޖީލުތަކަށް ފޯރުކޮށްދެވި، ރަށްރަށުގައި ތާރީޚީ އާސާރުތައް އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. މިގޮތުން، ރާއްޖޭގައި ކުތުބުޚާނާތައް އިތުރުވެ، ދިވެހި ތަރިކައާ ގުޅޭ ލިޔުންތައް ގިނަވެގެންދާނެ ކަމަށް އެމަނިކުފާނު އުންމީދުކުރައްވައެވެ.

އަދި ތަރިކައިގެ ދާއިރާއެއް އުފެދިގެން ދިއުމާއެކު، ރާއްޖޭގެ އެކި ތަންތަން ފަރުމާކުރުމުގައި ދިވެހި ސިފަތައް ފެންނަން ހުންނާނެ ކަމަށް ވަޒީރު ޤަބޫލުކުރައްވައެވެ. މިސާލެއްގެ ގޮތުން، ގެސްޓްހައުސްތަކާއި ރެސްޓޯރަންޓްތަކާއި މަގުތައް ފަރުމާކުރުމުގައި ދިވެހި ވަންތަކަން ދައްކުވައިދޭ ގޮތަށް ބައްޓަންކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނިންމާލަމުން ވަޒީރު އިލްތިމާސްކުރެއްވީ، ދިވެހީންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ދެމެހެއްޓުމަށް ކޮންމެ ދިވެހި ރައްޔިތަކުވެސް މަސައްކަތްކުރުމުގެ މުހިންމުކަމެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ޓްރީ ޓޮޕް ހޮސްޕިޓަލާއި އިންޑިއަން ހައި ކޮމިޝަންގެ ފަރާތުން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފި

އިންވޭސިވް މެނިންގޯކޮކަލް ޖެހުނު މީހާއާ ދިމާވި އެއްވެސް މީހެއްގެ ކިބައިން ބަލީގެ އަލާމާތެއް ނުފެނޭ: އެޗްޕީއޭ

ޑރ. މަޖީދު ބަޔަކު ވަނީ ޝަހީދުކޮށްލާފައި: ޝައިޚް އިމްރާން

Focusarea=100110000

އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް މޫސުން ގޯސްވާނެ: މެޓް

TTH_advertisement ELL Mobile Advertisement