ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެނައި ޒުވާނަކު ނިޔާވި މައްސަލައެއް ބަލަނީ

އައްޑޫ ސިޓީ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެނައި ޒުވާނަކު ނިޔާވި މައްސަލައެއް ބަލަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

އެ ޚިދުމަތުން މިރޭ ބުނީ މި މައްސަލަ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު 8:28 ހާއިރު ކަމަށެވެ.

އެ ޒުވާނާ ހޮސްޕިޓަލަށް ގެނައީ މިއަދު ހެނދުނު 6:00 އެހާކަންހާއިރު އެވެ. ފުލުހުން ބުނީ އެ ޒުވާނާ ނިޔާވި މައްސަލަ ބަލަމުންދާ ކަމަށެވެ.

ތަހުޤީޤެއް ހިންގާ ކަމަށް ބުނުން ފިޔަވާ އިތުރު ތަފްސީލެއް މިވަގުތު ނުދެ އެވެ.

އައްޑޫ ސިޓީ ވެމްކޯގައި މަސައްކަތް ކުރާ އެ ޒުވާނާ ހޮސްޕިޓަލަށް ގެނައީ ކޮން ބައެއް ކަމެއް ވެސް ނުބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

addu

އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް މޫދުގައި މަރުވެފައި އޮއްވާ ފެނުނީ އޮސްޓްރޭލިއާ މީހެއް

kulli khabaru

ދިގުރަށުގައި އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެ ފަސް މީހުން މަރުުވެއްޖެ

IMG 7176 1140x570

ތައިލެންޑުގެ ޖަލެއްގައި ބަންދުކޮށްފައި ހުރި ދިވެހި ޒުވާނަކު މަރުވެއްޖެ

kulli khabaru

މާލޭގައި ރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ