ކުއްލި ޚަބަރު

ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި އަތުލަައިގެންފި

ޕޮލިސް ކޮމިޝަނަރގެ މަގާމަށް ނަވީން އައްޔަން ކުރައްވައިފި

ގައްދޫ ދާއިރާގެ ކުރީގެ މެންބަރު ރަޝީދު އަވަހާރަވެއްޖެ

ކޮނޑޭގައި އަލުން މީހުން އާބާދުވިތާ 50 އަހަރު ފުރުން ފާހަގަކުރަނީ

Kond

ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ގައި ފަހުގެ ތާރީޚެއްގައި ދެ ވަނަ ފަހަރަށް އެ ރަށު ރައްޔިޔުން ވަޒަންވެރިވެ، އެ ރަށް އާބާދުވިތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެ ރަށު ކައުންސިލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކަ ބެހޭ ގޮތުން މަޝްވާކުރެއްވުމަށް ވަޒީރު އާދަމް ނަޞީރު އިބްރާހީމާ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކޮނޑޭ ރައްޔިތުން މީގެ އަހަރުތަކެއް ކުރިން އެހެން ރަށަކަށް ބަދަލުވާން ޖެހުނު ގޮތާއި އޭގެ ފަހުން މީގެ 50 އަހަރު ކުރީން އެ ރައްޔިތުން އަލުން އެ ބުރި އެރަށަށް އައި ގޮތާ ބެހޭ ގޮތުންވަނީ ވާހަކަ ދައްކާފައެވެ. މީގެ އިތުރަށް އެ ރަށުގައި ހުރި އެވޭލާ ބައެއް އާސާރުތަކާއި ހަނދާންތަކާ ބެހޭ ގޮތުން ވަޒީރު ވާހަކަފުޅުދެއްކެވިއެވެ. އެ ގޮތުން އެރަށުގައި ހުރި ދުވަސްވީ އެވޭލާ އާސާރުތައް ހިމާޔަތްކޮށް ދެމެހެއްޓުމަށް ޓަކައި ދެ މުއައްސަސާއިން ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުންވެސް ވުޒާރާއާއި ކައުންސިލާ ގުޅިގެން ކުރެވެންހުރި ކަންތައްތަކާ ބެހޭ ގޮތުން ވަނީ މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި އަތުލަައިގެންފި

Ihsaan

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ފަހިކޮށް އޮތް މާހައުލު ނައްތާލާނަން: އިޙްސާން

Big y8ixuorksw3g9xukl9jgvt0si 864x576

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމާއެކު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި

ޤައުމީ ފެންވަރުގައި އޯޝަން އެކައުންޓްސް އެކުލަވާލުމުގެ މަގުޗާޓު ރާއްޖެއިން އިފްތިތާހުކޮށްފި

TTH_advertisement ELL Mobile Advertisement