ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު މަރުވެއްޖެ

މާފުށި ޖަލުގައި ޙުކުމެއް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު މަރުވެއްޖެއެވެ.

ކަރެކްޝަންސް އިން ބުނީ މާފުށީ ޖަލުގައި ޙުކުމް ތަންފީޛު ކުރަމުންދިޔަ ނ. މާފަރު / ހިތްފަސޭހަގެ، މޫސާ ޙަސަން (45އ) ރޭގެ ވަގުތެއްގައި މަރުވެފައިވާ ކަމަށެވެ.

އޭނާ އަކީ މަސްތުވާ ތަކެތީގެމައްސަލައެގައި 25 އަހަރު ދުވަހުގެ ޖަލު ޙުކުމްމެއް ތަންފީޛުކުރަމުން ދިޔަ މީހެކެވެ.

“މޫސަ ޙަސަންއަކީ މިދިޔަ އޭޕްރިލް މަހު އެމަޖަންސީ ޙާލަތުގައި މާލޭ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށް، ފަރުވާ ދޭން ފެށި މީހެއް، މޫސާ ޙަސަން ނިޔާވެފައި ވަނީ 5 ޖޫން 2025ގެ މެންދަމު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ހިތް ހުއްޓިގެން.“ ކަރެކްޝަންސް އިން ބުންޏެވެ.

ކަރެކްޝަންސްއިން ބުނީ މޫސާ ޙަސަން މަރުވުމާ ގުޅިގެން ވަގުތުން އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގައިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ކ ކޮރަކަލި
އެފުރާނާއެއް ވަގުތުޖެހުމުން ދާނެ އެކަމަށް އަޅުގަޑުމެން ތައްޔާރުވެ ވީރަކުން ހެޔޮކަންތައް ކޮއް ތައްޔާރުވުން މޮޅުއިތުރު

ގުޅުންހުރި

Whatsapp image 2025 05 15 at 19.01.56 aca78a29 1024x682

މާފުށީ ޖަލުގެ ގައިދީންނަށް ހާއްސަ ފުޓްސަލް މުބާރާތެއް ފަށައިފި

Img md 2022031109434816469738281811

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ މީހަކު މަރުވެއްޖެ

TTH_advertisement