ކުއްލި ޚަބަރު

ބޭސްފަރުވާގެ ކަންކަމުގައި އާރުޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދަނީ

ބްލެކްމެއިލްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 10 މީހަކު ހައްޔަރުކޮށްފި

އުނގޫފާރު މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމިއްޖެ

ރ. އުނގޫފާރު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފިއެވެ.

އުނގޫފާރު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީންނެވެ.

އެމްޓީސީސީން ވިދާޅުވީ، އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަސުން 8,626.55 އަކަ މީޓަރުގެ ތާރު އަޅާފައިވާ ދުއްވާ ސަރަޙައްދެއް ތަރައްޤީކޮށްފައިވާކަމަށެވެ. އަދި 2,537.75 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމުގެ އިތުރުން ސަރވިސް ލައިން ހަރުކޮށްފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ.

މީގެއިތުރުން، މަގުމަތީ ނިޝާން ހަރުކުރުމާއ،ި މަގުމަތީ ކަފިހި ހުރަސް ކުރަހައި ކުލަލުމުގެ އިތުރުން ފެންހިންދާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކޮށްފައިވާކަމަށްވެސް އެމްޓީސީސީން ވިދާޅުވެއެވެ.

ރ. އުނގޫފާރަކީ އާބާދީގައި 2500އެއްހާ މީހުން ދިރިއުޅޭ ރަށެކެވެ. އެރަށުގެ ގިނަބަޔަކު ވަޒީފަ އަދާކުރަނީ ސަރުކާރު އޮފީސްތަކާއި ކުންފުނި ތަކުގައެވެ. އަތޮޅުގެ އެހެން ރަށްތަކުގައި ދިރިއުޅޭ ގިނަ ރައްޔިތުންވެސް އިދާރީ، ޞިއްހީ އަދި ވިޔާފާރި ފަދަ އެކި ޒަރޫރީ ބޭނުންތަކަށް އެ ރަށަށް ޒިޔާރަތްކުރެއެވެ.

އުނގޫފާރު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމުމާއެކު، ހޫނުގަދަ މޫސުމުގައި މަގުތައް ހިރަފުސްވުމުންނާއި، ވިއްސާރަ ދުވަސްވަރު މަގުތައް ޗަކަވެ މަގުތަކުގައި ކިސަޑު ހެދުން ނިމުމަކަށް އަންނާނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. އަދި މަގުގައި ހިނގާ މީހުންނަށާއި ދުއްވާ އުޅަނދުތަކަށް މަގު ބޭނުން ކުރަން އިތުރަށް ފަސޭހަވެ، ދުއްވާ މަގުތަކަކީ އަޑިގުޑަން ނުހުންނަ ރައްކާތެރި މަގުތަކަކަށް ވެގެން ދާނެކަމަށާއި، ރަށުގެ މަގުތައް ސާފުތާހިރުކޮށް ބޭއްވުމަށްވެސް ބޮޑު ފަސޭހައެއް ވެގެންދާނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

އުނގޫފާރު މަގު ހެދުމުގެ މަސައްކަތުގެ ދަށުން 2021 ވަނަ އަހަރު ވަނީ އުނގޫފާރު މަގުތައް ހެދުމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ޢާއްމު ޚިދުމަތްތައް ހޯދުމަށް އެންމެ ގިނައިން ބޭނުންކުރަމުންދާ ރަށުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

211

ބޭސްފަރުވާގެ ކަންކަމުގައި އާރުޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދަނީ

211

ބްލެކްމެއިލްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

211

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 10 މީހަކު ހައްޔަރުކޮށްފި

112

ހުވާކުރުމުގެ ރަސްމިއްޔާތު މިރޭ، ޝަހީދު ނަން ނަގައިފި

ELL Mobile Advertisement TTH_advertisement