ކުއްލި ޚަބަރު

ޙައްޖާޖީންނަށް ދެއްވާ މެހެމާންދާރީއަށް ސަޢޫދީ ރަސްގެފާނަށާއި ވަލީޢަހުދަށް ރައީސް ޝުކުރު އަދާކުރައްވައިފި

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު މަރުވެއްޖެ

އީދު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފި

ސީއެސްއާރު ޕްރޮޖެކްޓްތަކަށް އެމްޓީސީސީިން މިދިޔަ އަހަރު އެގާރަ މިލިޔަން ރުފިޔާ ހޭދަކުރި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން 2023 ވަނަ އަހަރު ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްތަކަށް 11 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ހޭދަކުރިކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ އެމްޓީސީސީގެ 2023 ވަނަ އަހަރުގެ އޮޑިޓް ކުރެވިފައިވާ އަހަރީ ރިޕޯޓުގައެވެ.

އެމްޓީސީސީން ކޮންމެ އަހަރަކުވެސް މުޖުތަމަޢުގެ ތަރައްޤީއަށާއި، ޤައުމީ ފެންވަރުގައި މުހިންމު އެކިއެކި ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަން ފާހަގަކުރެވެއެވެ. މިގޮތުން 2023 ވަނަ އަހަރުވެސް ދަތުރުފަތުރުގެ ޚިދުމަތްތަކާއި، އުމްރާނީ ތަރައްޤީއާ ގުޅުންހުރި މަޝްރޫޢުތަކާއި، ސްޕޮންސަރޝިޕްތަކުގެ އިތުރުން ސަރުކާރުގެ އިދާރާތަކާ ގުޅިގެން އެކިއެކި މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

2023 ވަނަ އަހަރު ސީއެސްއާރު ޕްރޮގްރާމްތަކަށް އެމްޓީސީސީން ޖުމްލަ 11,141,311 ރުފިޔާ (އެގާރަ މިލިއަން އެއްލައްކަ ސާޅީސް އެއްހާސް ތިންސަތޭކަ އެގާރަ ރުފިޔާ) ހޭދަކޮށްފައިވެއެވެ. މި ހޭދަ ބެހިފައިވަނީ މައިގަނޑު 5 ދާއިރާއަކަށެވެ. އެއީ:

ތިމާވެށްޓާއި އުމްރާނީ ތަރައްޤީ
އިޖްތިމާޢީ އަދި މުޖުތަމަޢުގެ ކަންކަން
ސަރުކާރުގެ އިދާރާތަކަށް ދެވުނު އެހީތެރިކަން
ތަޢުލީމީ އަދި ޒުވާނުންގެ ދާއިރާ
އެހެނިހެން ސީއެސްއާރު މަޝްރޫޢުތައް
އެމްޓީސީސީގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، 2023 ވަނަ އަހަރު އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ އެދުމުގެ މަތިން ކުރިއަށް ގެންދެވުނު ޖުމްހޫރީ ފައުންޓެއިން މަރާމާތުކުރުމުގެ މަޝްރޫޢަށެވެ. މި މަޝްރޫޢަށް 6.94 މިލިއަން ރުފިޔާ ހޭދަކުރެވިފައިވެއެވެ.

އެހެނިހެން ދާއިރާތަކަށް ބަލާއިރު:

ތިމާވެށްޓާއި އުމްރާނީ ތަރައްޤީއަށް: 184,113 ރުފިޔާ
އިޖްތިމާޢީ އަދި މުޖުތަމަޢުގެ ކަންކަމަށް: 220,000 ރުފިޔާ
ސަރުކާރުގެ އިދާރާތަކަށް: 70,262 ރުފިޔާ
މީގެ އިތުރުން، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން އިންތިޒާމުކުރި ދަތުރުފަތުރުގެ ދުވަހަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ސްޕީޑް ބޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށާއި، ތަޢުލީމީ ދާއިރާގެ ދަރިވަރުންގެ ދަތުރުތަކަށް ބަހާއި ފެރީގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެހީތެރިކަން ދީފައިވޭ، މި ހުރިހާ މަސައްކަތްތަކަކީވެސް އެމްޓީސީސީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން، ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢުގެ ލާބައަށް އަމާޒުކޮށްގެން ކުރެވިފައިވާ މަސައްކަތްތަކެކެވެ. މި މަސައްކަތްތަކުން އެމްޓީސީސީގެ އިޖްތިމާޢީ ޒިންމާދާރުކަމާއި، ޤައުމީ ތަރައްޤީއަށް އެ ކުންފުނިން ދޭ އަހައްމިއްޔަތުކަން ހާމަވެގެންދެއެވެ.

އެމްޓީސީސީގެ މި ފަދަ މަސައްކަތްތަކަކީ ކުންފުނީގެ ވިޔަފާރީގެ ލަނޑުދަނޑިތަކާއެކު، އިޖްތިމާޢީ އަދި ތިމާވެށީގެ ދެމެހެއްޓެނިވި ތަރައްޤީއަށް ޙިއްޞާކުރުމުގެ މުހިންމުކަން ދައްކުވައިދޭ ރަނގަޅު މިސާލެކެވެ. މިފަދަ މަސައްކަތްތަކުން ޤައުމީ ތަރައްޤީއަށާއި، މުޖުތަމަޢުގެ ދުޅަހެޔޮކަމަށް ސީދާ އަސަރުކުރާނެކަން ކަށަވަރެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ޓްރެފިކް އޮޕަރޭޝަނަށް އާންމުން ދިން އެއްބާރުލުމަށް ފުލުހުންގެ ޝުކުރު

ގައުމީ އެއާލައިންގެ ފަސްވަނަ އޭޓީއާރް ރާއްޖެ އައުމުގެ ދަތުރު ފަށައިފި

އައިސީސީގެ ހަތަރު ފަނޑިޔާރުންނާ ދެކޮޅަށް ޓްރަމްޕްގެ ސަރުކާރުން ފިޔަވަޅު އަޅައިފި

އިސްލާމީ ގައުމުތަކުގެ ވެރިންނަށް އަޟްޙާ ޢީދުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

TTH_advertisement ELL Mobile Advertisement